އިސްލާމީ ޝަރީޢަތް ވަނީ ބާއްޖަވެރިކަން އޭގެ އެންމެ ފުރިހަމައަށް ހޯދައިދީފައި: ހުތުބާ

Loading

Facebook
Twitter
WhatsApp

އިސްލާމީ ޝަރީޢަތް ވަނީ ބާއްޖަވެރިކަން އޭގެ އެންމެ ފުރިހަމައަށް ހޯދައިދީފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ“ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން“ މިއެވެ.

ހުކުރު ހުތުބާގައި ބުނީ ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަޤީރެއް، މުސްލިމެއް ޣައިރު މުސްލިމެއް، ތަފާތެއް ނެތް ކަމަށާއި އެ އެންމެން ވެސް ބޭނުންވަނީ ބާއްޖަވެރިކަމާއި އުފާވެރިކަން ކަމަށެވެ.
”ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުމެވެ. މި ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ الله سُبْحَانَهُ وَتَعَالَىއަށެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ މިކަންކަން ޙާޞިލެއްނުވާހުއްޓެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިންސާނާ ޚަލްޤުކުރެއްވި ގަދަކީރިތިވަންތަ الله سُبْحَانَهُ وَتَعَالَ އެ އިންސާނާ ބާއްޖަވެރިވާނޭ ކަންކަމާއި އަބާއްޖަވެރިވާނޭ ކަންކަން މޮޅަށް ދެނެވޮޑިގެންވާނެ ކަމަށެވެ.

”މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިޙު ޢަމަލެއްކޮށްފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ.“ ޞާލިޙު ޢަމަލުކުރާ މުއުމިނުންނަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ދެއްވާނެކަމަށް، الله سُبْحَانَهُ وَتَعَالَى އެ ވަނީ ވަޢުދުވެވޮޑިގެންފައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

”ނަމަވެސް އިސްލާމްދީނާ ދުރުވެ، މާތް ﷲގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.“އަދި ތިމަންރަސްކަލާނގެ قرآنއަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެ މީހަކު ކަނު މީހެއްގެ ގޮތުގައި محشرއަށް ފޮނުއްވާހުށީމެވެ.“ ހުތުބާގައި ބުނެފައި ވެެއެވެ.


ހުތުބާގައި ބުނީ އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް ކަމަށާއި އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންޞާފާއި މި ފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނޭ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް