ޑޮނަލްޑް ޓްރަމްޕަށް ސީދާ ގޮންޖައްސަވަމުން މަމްދާނީ ކާމިޔާބު އިއުލާން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ މޭޔަރަކު ވޮވުމަށް އިއްޔެ ބޭއްވި އިންތިޚާބް ޑިމޮކްރެޓިކްޕާޓީގެ ކެންޑިޑޭޓް ޒޮހްރާން މަމްދާނީ ކާމިޔާބް ކުރައްވައިފިއެވެ. ނަތީޖާތައް ސާފުވަމުންގޮސް ވޯޓުގެ 60 އިންސައްތަ ގުނުނު އިރު އޭނާޔަށްވަނީ 52 އިންސައްތަ ލިބިފައެވެ. އެންމެ ގާތުން ދެވަނަޔަށް ވާދަ ކުރެވި ކުއޯމޯ އަށް އޭރު ލިބިވަޑައިގެންފައިވަނީ 25 އިންސައްތައެވެ. އެހެން ކަމުން މަމްދާނީ ވަނީ ވިކްޓަރީ ސްޕީޗް ދެއްވާފައެވެ.

މަމްދާނީ އާއި ފެށުނީއްސުރެ ދެކޮޅަށް ކެމްޕެއިން ކުރައްވަމުންގެންދެވި ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ސީދާ ގޮންޖައްސަވަމުން ވިކްތަރީ ސްޕީޗްގައި މަމްދާނީ ވިދާޅުވީ ”ޓްރަމްޕް ބައްލަވަން އިންނަވާނެކަން އިނގޭތީ ދަންނަވަން އޮތީ ހަތަރު ލަފްޒް ކަމުގައެވެ. އެއީ ”ވޮލިއުމް އަދި ބާރުކޮށްލައްވާށެވެ.މިއެވެ.“ އަދި ޓްރަމްޕް ފަދަ ބިލިއަނަރުން ޓެކްސް ނުދައްކާއުޅުން ހުއްޓުވާ އެކަން ހަމަޔަކަށް އަޅުވާނެ ކަމަށް ވިދާޅުވިއެވެ.މަސައްކަތް ތެރިންގެ ހައްގުތަކަށް ވަކާލާތު ކުރައްވާނެކަމަށާ،މައިގްރަންޓުން ގެ ހައްގުތައް ދިފާއު ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ނިއުޔޯކް އަކީ ބޭރުން މައިގްރޭޓް ވެފައިވާ މީހުން ގިނަ ސިޓީއެއް ނަމަ ދެންވެސް އެކަން އޮންނާނީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.އަދި ރެއިންފެށިގެން ނިއުޔޯކް ހިންގަން ހުރީވެސް މައިގްރަންޓެއްކަމަށް ވިދާޅުވިއެވެ.

އުމުރުފުޅުން 34 އަހަރުގެ މަމްދާނީ އަކީ ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރުނަމަވެސް، މުސްލިމަކަށްވީތީ ކެމްޕެއިންގައި މާބޮޑު ކުރިއެރުމެއް ލިބިވަޑައިނުގަންވާކަމަށް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. މަމްދާނީގެ ޒުވާންކަމާއި ރީތި ސިފަ އަދި ޖޯޝުގައި ކުރިޔަށް ވަޑައިގެންނެވި ގޮތުގެ ސަބަބުން ކުރިއެރުންތަކެއް ލިބުނު ނަމަވެސް އާންމު ފަރުދުންނާ ގުޅުން ހުރި ގިނަ ކަންތައް ތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެ ކެމްޕެއިން ކުރައްވަން ފެއްޓެވި ހަމައިން ސަޕޯޓް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ފާހަގަ ކޮށްފައި ވެއެވެ.

 . ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބުގެ ކެމްޕޭންގައި މަމްދާނީ ވަނީ އެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލު ކޮށްދެއްވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. މި ގޮތުން،ކުއްޔަށް އުޅޭ މީހުންގެ މައްސަލަތައް ހައްލުކޮށްދެއްވުމާއި ހިލޭ ދަތުރުފަތުރު ކުރެވޭނެ ބަހުގެ ނިޒާމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންނަށް ހިލޭ ޑޭކެއާ އަދި ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން ކާބޯތަކެތީގެ އަގުހެޔޮކޮށްދެއްވާ އެތަކެތި ވިއްކާ ފިހާރަތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމުގެ ވަޢުދު ހިމެނެއެވެ. މަމްދާނީ ވިދާޅުވީ، އެ ކަންކަމަށް ޚަރަދު ކުރުމަށް ފައިސާ ހޯއްދަވާނީ އެންމެ މުއްސަނދިންގެ އަތުން ނަގާ ޓެކުސްތައް ބޮޑު ކުރައްވައިގެން ކަމުގައެވެ.

ނިއު ޔޯކް ސިޓީގެ މޭޔަރު ކަން މަމްދާނީ ކާމިޔާބު ކުރައްވާފައި ވަނީ ނިއު ޔޯކް ސްޓޭޓްގެ ކުރީގެ ގަވަރުނަރު، 67 އަހަރުގެ އެންޑްރޫ ކްވޯމޯއާ ވާދަ ކުރައްވައެވެ. ކްވޯމޯއަކީ ވެސް ޑިމޮކްރެޓެކެވެ. ނިއު ޔޯކް ސިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ބޭއްވި ޕްރައިމަރީން ނާކާމިޔާބުވުމުން އޭނާ އިންތިޚާބުގައި ވާދަ ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ.
ކުއޯމޯވަނީ ބަލި ގަބޫލު ކުރައްވާ މަމްދާނީ އަށް މަރުހަބާ ދަންނަވާފައެވެ.
ޒޮހްރާން މަމްދާނީ އުފަންވެ ވަޑައިގަތީ ޔުގާންޑާއަށެވެ. މަންމަ އަކީ އިންޑިޔާ ދަރިކޮޅުގެ، މަޝްހޫރު ފިލްމް ޕްރޮޑިއުސަރެކެވެ. މަމްދާނީގެ ޢާއިލާ އެމެރިކާއަށް ހިޖުރަ ކޮށްފައި ވަނީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ.

އޭނާއަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ވަކާލާތު ކުރައްވާ، ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވައިލައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރައްވައި، ޔަހޫދީންނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ މޭޔަރުކަމުގައި ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގެންފިނަމަ ހައްޔަރު ކެރެވޭނެކަމަށް ކެމްޕެއިންގެ އެންމެ ކުރީކޮޅުވެސް މަމްދާނީ ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް