ބޭރުން ބަލާ މީހުންނަށް އެމިލީގެ ކައިވެނި ވަރަށް ވެސް ފުރިހަމައެވެ.އޭނާގެ ސޯޝަލްމީޑިޔާގައިވަނީ ލޯބިވާ ފިރިމީހާ ޑެނިއަލް އާއިއެކު ނަގާފައިވާ ރީތި ފޮޓޯތަކެވެ. ކައިވެންޏަށް ތިން އަހަރުވެގެން ބޭއްވި ޕާޓީގައި ނަގާފައިވާ ފޮޓޯތަކަށްވެސް އެތައްސަތޭކަ ލައިކް ލިބިފައިވެއެވެ.
”ފިލްޓަރ“ އެއް އަޅުވައިގެން ފޮޓޯނަގާފަ ސޯޝަލްމީޑިޔާއަށް ލީނަމަވެސް އެމިލީ އެހެން މީހުންނަށް ހާމަ ނުކުރާ ވަރަށް ބޮޑު ސިއްރެއް ވެއެވެ. އެއީ ތިންއަހަރުވީއިރުވެސް އޭނާގެ ފިރިމީހާ އޭނާގެ ގައިގައި ޖެހިލާފައި ނުވާކަމެވެ.އެންމެ ފަހަރަކުވެސް އެވެ.
އެމިލީ ފުރަތަމަ ހީކުރީ އެހެންވަނީ އޭނާއަށް ކަންތައް ކުރެވޭ ގޮތަކުން ކަމުގައެވެ. ޑެނިއަލް އޭނާދެކެ ލަދުގަންނަނީ ކަމަށް ވެދާނެއެވެ. ބުނެދޭން ބޭނުން ނޫން ސަބަބެއް އޮންނަނީ ކަމަށްވެސް ވެދާނެއެވެ.އެހެންކަމުން ދުރުކަން ފިލުވާލުމަށް އެކިގޮތްގޮތުން އެމިލީ މަސައްކަތް ކުރިއެވެ. ނަމަވެސް ޑެނިއަލް ”އެކަންތައް“ ކުރަން އެއްބަހެއް ނުވެއެވެ.
ކައިވެނީގެ ފުރަތަމަކޮޅު ބުނަނީ އަދި މާއަވަސް ކަމުގައެވެ. ފަހުން އެކިބަހަނާ ދައްކައެވެ. އަހަރެން ގޭތެރޭގެ މަސައްކަތުގައި އުޅެ ވަރުބަލިވެފަ ހުރީމަ އަރާމު ކޮށްލަން ބުނެއެވެ. އޭނަވަރުބަލިވެފަ ކަމަށް ބުނެއެވެ. އަދި ނޫނީ ކޮންމެވެސް އެހެން ބަހަނާއެއް ދައްކައެވެ.
ދެމީހުން ނިދަނީ އެއް އެނދުގައެވެ.ނަމަވެސް ހަށިގަނޑުގެ ހޫނުކަން ހިއްސާކޮށްފައެއް ނުވެއެވެ. ޑެނިއަލްގެ ބަހަނާ ދެއްކުންތައް ކޮޅުން ލުމުން އެންމެ ފަހުން އެމިލީ ވަނީ ގާތްވުމަށް މަސައްކަތް ކުރުން ހުއްޓާލާފައެވެ.
އެހެން ނަމަވެސް އެމިލީގެ ހިތަށާ ސިކުނޑިއަށް އަސަރުތަކެއް ކުރަމުންދެއެވެ.މިހެންވާ ސަބަބު އޮޅުން ފިލުވުމުގެ ޝައުގުވެރިކަން އޭނާގެ ހިތުން ފިލާ ނުދެއެވެ.
މިހެން އުޅެނިކޮށް ޑެނިއަލްގެ މަންމަ ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް އެމިލީމެން ގޭގައި ހުރެލުމަށް އައެވެ. އެހާހަމައިން ގޭތެރޭގެ ”ވައި“ ބަދަލުވިކަން އެމިލީއަށް ފާހަގަވިއެވެ.
މައިދައިތަ މާތާ އަބަދު ހުންނަނީ ޑެނިއަލްގެ ދިފާއުގައި ތެދުވެއެވެ.ސަމާސާ އަށްވެސް ޑެނިއަލްއަށް އެމިލީ އެއްޗެކޭ ބުނެފިނަމަ އޭނާގާތަށް ރުޅިއާދެއެވެ.
މީގެ އިތުރުން އެމިލީ އަށް އެހެން ކަމެއް ފާހަގަވިއެވެ. ޑެނިއަލް އޭނާގެ މަންމައާ ހަތަރުކަޅި ހަމަނުކުރާކަމެވެ. އަދި މަންމަ ހުންނަ ތަނެއްގައި އޭނާއާއި ދިމާލަށްވެސް ސީދާނުބަލާ ކަމެވެ.
އަމިއްލަ ކައިވެންޏަށް މިދިމާވެފައިވާ މައްސަލައިގެ އަސްލު ހޯދުމަށް މާތާގެ ކަންކަން ގާތުން ބަލަން އެމިލީ ބޭނުންވިއެވެ. ނަމަވެސް ގިނަވަގުތު އެކޮޓަރި ތަޅުލާފައި ހުންނާތީ އެތަނަށް ވަދެވޭ ގޮތެއް ނުވެއެވެ. ވާހަކަވެސް ދެކެވޭ ގޮތެއް ނުވެއެވެ.
އެއްދުވަހަކު ގޭތެރެ ސާފުކުރަނިކޮން އެމިލީއަށް ބާކީ ތަޅުދަނޑިއެއް ފެނުނެވެ.އޭގައިވާ ޓެގްގައި ޖަހާފައިވަނީ ”ސްޓޯރޭޖް“ އެވެ. ތަޅުދަނޑި ހިފައިގެންގޮސް މާތާ ހުންނަ ކޮޓަރީގެ ތަޅަށް މަޑުމަޑުން ވައްދާލިއިރު ރީތިކޮން ފިޓްވެއެވެ.
އޭނާ އިންތިޒާރު ކޮށްގެންހުރި ވަގުތު އޭގެ ދެރޭފަހުން ލިބުނެވެ. މާތާ ޑޮކްޓަރަށް ދެއްކުމަށް ޑެނިއަލް އޭނާ ގޮވައިގެން ދިޔައެވެ.އެމީހުން ދިއުމުން އެކޮޓަރިއަށް ވަދެ ތަންތަން ބަލާހޭވިއެވެ.އެއްވެސް ކަހަލަ އެއްޗެއް ނުފެނުނެވެ. އެންމެ ފަހުން އޭނާ ނިންމީ އެކޮޓަރީގައި ސީސީ ކެމެރާއެއް ހަރުކުރުމަށެވެ.ގޭގެ ސެކިއުރިޓީ އަށް ކުރިން ގަނެފައި އޮތް ކުޑަކެމެރާ އެއް ގެނެސް އަވަސް އަވަހަށް އެނދުކައިރީގައިވާ ނައިޓް ސްޓޭޑް ގައިވާ ފޮތްތަކުގެ ބިއްދޮށުގައި ހަރުކުރިއެވެ.
ހިތް އަވަސް ވާވަރުން އޭނާޔަށް އެރޭ ނުވެސް ނިދެއެވެ. ހެނދުނު ޑެނިއަލް އޮފީހަށް ދިއުމުން ލެޕްޓޮޕް ހުޅުވާ، ރިކޯޑް ކުރި އެއްޗެތި ބަލަން ފެށިއެވެ.
ސްކްރީނުން އޭނާޔަށް ފެނުނު މަންޒަރު ތަކުން އޭނާޔަށް ވީގޮތެއްވެސް ނޭގެއެވެ. ނޭވާވެސް ހުއްޓުނު ކަހަލައެވެ.
ޑެނިއަލް މަންމަގެ ކޮޓަރިއަށް ވަދެގެންގޮސް އޭނާގެ މަންމަގެ އެނދުގައި އިށީންނަ ހަމައިން މަންމަ އޭނާގެ ގައިގައި އަތްލައެވެ.ވަރަށް މަޑުމަޑުންނެވެ. މަންމަޔަކު ދަރިއަކު ގައިގަ އަތްލާ ގޮތަކަށް ނޫނެވެ. ޑެނިއަލްވެސް ދެކޮޅެއް ނުހަދައެވެ.މަންމަ ބޭނުންވި ކަމެއް މަންމަ ބޭނުންވި ގޮތަކަށް ކުރިޔަށް ގެންދިޔައެވެ. އެމިލީ ވީޑިއޯ ނިއްވާލިއެވެ.
ވީޑިއޯ ބަލާފަ އެމިލީ ގަދަޔަށް ތުރުތުރު އަޅަން ފެށިއެވެ. އޭނާގެ މުޅި ދުނިޔެ ކުދިކުދިވި ކަހަލަ އެވެ.ތިން އަހަރުވަންދެން އޭނާ ތަހައްމަލް ކުރި ވޭނާއި ކެކުޅުމުގެ ހަގީގި ސަބަބު މިއޮތީ ފެނިފައެވެ. މާތާ ޑެނިއަލް ލައްވާ ފާފަކުރުވާވަރުން އޭނާއަކީ ނުތާހިރު މީހެއްކަމަށް އަމިއްލަ ޒަމީރު ގަބޫލުކުރަނީއެވެ. އެހެންކަމުން އެމިލީ ފަދަ،އޭނާ ގަބޫލުކުރި ގޮތުގައި މައުސޫމް،ތާހިރު މީހެއްގެ ގައިގައި އަތްލަން ބޭނުން ނުވަނީއެވެ.
އަނެއްރޭވެސް އެމިލީއަށް އެއްގޮތަކަށްވެސް ނުނިދެއެވެ. ފެނުނު މަންޒަރުތައް ސިކުނޑީގައި އެނބުރެމުންދާވަރުންނެވެ.
އަނެއް ދުވަހު ހެނދުނު އޭނާގެ ހިތުގައި އަނެއްކާވެސް ޝައްކުތައް އެނބުރެން ފެށިއެވެ. އެއީ ހަމަ ހިނގާފާނެފަދަ ކަމެއްތޯ ސުވާލު ކުރެވެން ފެށިއެވެ. ޖަވާބުތަކެއް ބޭނުންވިއެވެ.މީހަކު އޭނާގާތު އެއީ ނުބައި ހުވަފެނެކޭ ބުނާ އަޑުއަހަން ބޭނުންވިއެވެ. އެހެން ކަމުން ދެވަނަ ފަހަރުވެސް ލެޕްޓޮޕް ހުޅުވާ ރިކޯޑިންތައް ބެލިއެވެ.ފެނުނު މަންޒަރުތައް އެއީ މީހަކު އޭނާޔަށް ކިޔާދިން ވާހަކަތަކެއް ނަމަ އޭނާ އެކަން ގަބޫލުވެސް ނުކުރީހެވެ. އެހާވެސް ޝޮކް ދެނިވި މަންޒަރު ތަކެކެވެ.
ދަންވަރު 12 ގެ ފަހުން ޑެނިއަލް އައިސް ވަނުމުން، ސެޓިން ރޯބެއް ލައިގެން ހުރެ މާތާ ދެއަތް ދަމާލާ، ދެއަތްހުޅުވާލި ހަމައިން ދެމީހުންގެ ހަށިގަނޑު ގުޅި، ގެނުވަމުންދިޔަ ހަރަކާތްތަކުން، ޝައްކެއްގެ މަތީ ހުރެ އެމިލީގެ ހިތުގައި ކުރިން އުފެދުނު އުޒުރުތައް މުޅިން ފޮހެވިގެން ދިޔަ އެވެ. އަދި އޭނާގެ ބޮލަށްވެސް އެނބުރުން އަރައިގެން ދިޔައެވެ. އެވަގުތު ދުވެފަ ފާހާނާޔަށް ގޮސް ތައްޓަށް ހޮޑު ދުއްވާލިއެވެ. އަދި ނިކުމެ އެތައް އިރެއް ވަންދެން ތަޅުންގަނޑުމަތީ އިށީދެގެން އިނެވެ. އަމިއްލަޔަށް ދެކަކުލުގައި ބައްދާލައިގެން ކަކުލުގައި ބޯއަޅާލައިގެންނެވެ.
އެދުވަހު އިރުއޮއްސުނު އިރު ޑެނިއަލް އޮފީހުން ގެޔަށް އައިސް އާދައިގެ މަތިން އެމިލީގެ ނިއްކުރިއަށް ބޮސްދިނެވެ. އަދި އާދައިގެ ގޮތެއްގައި އުޅެމުން ދިޔައެވެ. ތިންމީހުން އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކޮށް ނިމި،މާތާ ކޮޓަރިއަށް ވަނުމުން އެމިލީ ޑެނިއަލްއާ ކުރިމަތިލިއެވެ. ކުރިމަތީގައި އިށީނުމަށްފަހު ބުންޏެވެ.
”ދެމީހުން ވާހަކަ ދައްކާލަން އެބަޖެހެއެވެ.“ އެމިލީ މިހެން ބުނުމުން ފޯނުގަ ސްކްރޯލް ކުރުން ހުއްޓާވެސް ނުލާ ކޮންކަމަކާތޯ ޑެނިއަލް ސުވާލު ކުރިއެވެ.
”ޑެނިއަލްގެ މަންމަ އާބެހޭ ގޮތުންނެވެ.މަންމަ ކޮޓަރީގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުންނެވެ.“މިހެން ބުނުމުން ފޯނުގަ ސްކްރޯލްކުރަމުންދިޔަ އޭނާގެ އަތް ހުއްޓުމަކަށް އައެވެ.
”ތިޔަބުނީ ކީކޭ ހެއްޔެވެ.“ ވަރަށް ރުޅިއައިސްފައިނދެ ޑެނިއަލް ސުވާލުކުރިއެވެ.
”އެކޮޓަރީގައި ހިނގާ ކަންތައް އަހަރެންނަށް ފެނިއްޖެއެވެ.“
”ކަލޭ އެކޮޓަރިއަށް ސިއްރުން ވަނީ ހެއްޔެވެ“ މިއަޑެއް އަހަރެން ނާހަމެވެ. އަދި ބުނީމެވެ.
”އަޅެ ބުނެބަލާށެވެ. އެކަންތައް ތިޔަކުރަނީ ކީއްވެގެން ހެއްޔެވެ.“ މިހެން ބުނުމުން ރުޅިއައިސް ވަރަށް ބާރަށް ފޯނު އެނދުމައްޗަށް ޖެހުމަށްފަހު ހަލޭއްލަވައިގަތެވެ.
”އަހަރެންނަށް ވެސް އޭނަޔަށްވެސް ފާރަލުމުގެ ހައްގެއް އެމިލީ އަކަށް ނޯންނާނެއެވެ.“
”ޑެނިއަލް ތިންއަހަރުވަންދެން އަހަރެންނަށް ދޮގުހަދަމުން ތިޔައައީ ކީއްވެގެން ހެއްޔެވެ؟އުއްމީދެއްދީފަ އަހަރެން ބަހައްޓާފަ ހުރީ ކީއްވެގެން ހެއްޔެވެ.؟“
”ކަލެޔަކަށް ނޭގޭނެއެވެ.އޭނަޔަކީ ބަލިމީހެކެވެ. އޭނަޔަށް އަހަރެންގެ ބޭނުން ވަރަށް ބޮޑެވެ. އަހަރެން ނޫނީ އޭނަޔަށް އެހީތެރިވެދެވޭނެ މީހަކު ނެތެވެ.“
”އޭނަޔަށް ކަލޭ ބޭނުންވަނީ ފިރިޔެއްގެ ހައިސިއްޔަތުން ހެއްޔެވެ؟ ”އެމިލީވެސް ރުޅި އައިސްފިއެވެ.
”އޭނަ ފަދަ މީހަކާއެކީ ބޮޑުވަމުން އައުމުގެ ކަންތައް ހުންނާނެގޮތް ކަލެއަކަށް ނޭގޭނެއެވެ.އޭނަ ރުޅި އައިސްފިނަމަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ.“
”އަހަރެންނަށް ނޭގެންޏާ ބުނެދޭށެވެ. ކިޔާދޭށެވެ. ޕްލީޒް އެވެ.“ އެމިލީ ރޮވެމުންދާއަޑަކުން ބުންޏެވެ. އެކަމަކު މިއަޑެއް ޑެނިއަލް ނޭހިއެވެ.ކާރު ތަޅުދަނޑި ނަގައިގެން ދޮރު ވަރަށް ބާރަށް ޖަހާފަ ނިކުމެގެން ހިނގައްޖެއެވެ.
އެމިލީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމީ ޑެނިއަލް އާއި ވަކިވާށެވެ.އެހެން ކަމުން އަނެއް ދުވަހު ހެނދުނު ޑެނިއަލް އޮފީހަށް ދިއުމުން ފޯނާއި ލެޕްޓޮޕާ އަދި މުހިންމު އެހެން އެއްޗެތި ބޮޑު އަތްދަބަހަކަށް އަޅައިގެން އޭނާގެ އަމިއްލަ ކާރުގައި ނައްޓާލިއެވެ.އޭގެ ކުރިން އެމިލީވަނީ ކެމެރާ ސިސްޓަމްގައިވާ ވީޑިއޯތައް ހާޑް ޑްރައިވްއަކަށް އަޅާފައެވެ.
އެމިލީ ދިޔަގޮތަށް ދިޔައީ އޭނާގެ ރަހުމަތްތެރި ގާނޫނީ ވަކީލެއް ކަމަށްވާ ލައުރާ ކައިރިއަށެވެ. ގޮސް ވަގުތު ހޯދައިގެން އޭނާޔަށް ހުރިހާ ވާހަކަތައް ކިޔާދީ ބައެއް ވީޑިއޯ ދެއްކުމުން އޭނާވެސް އިނީ ކޮސްވެފައެވެ.
”މިއީ ހަމަ އެކަނި ވަރީގެ މައްސަލަ އެއްނޫނެވެ. މީގައި ”އެބިއުސް“ ވަރަށް މަތީ ދަރަޖަޔަކަށް އެބަހިމެނެއެވެ. ނަފްސާނީ ”އެބިއުސް“އެވެ. ބޮޑު ޖިނާއީ ކުށެއް މެއެވެ. އެމިލީއަށް އޮޅުވާލައިގެން މިހާދުވަހު ގެންގުޅުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.އެއީ ބޮޑު ޖަރީމާއެކެވެ. އެމިލީ ދެން އެނބުރި އެގެޔަށް ނުދައްޗެވެ.“
ވަކީލް ލައުރާގެ އެހީގައި އެމިލީ ހުންނާނެ ތަނެއް ހޯދިއެވެ.އަދި މައްސަލަޔައިގެން ކުރިޔަށް ދިޔައެވެ. ފަހުން ޑެނިއަލްވެސް އަދި މާތާވެސް އެތައްވަރަކަށް ގުޅަމުން ގެންދެއެވެ.އެކަމަކު އެމިލީ ފޯނެއް ނުނަގައެވެ.
އެމިލީ ގެއިން ދިޔަކަން އެނގިގެން މައިދައިތަ ފަތުރާ އަޑަކީ އެމިލީ އަކީ ނެތްކަންކަން ފެންނަ މީހެއް ކަމަށެވެ.(ހެލުސިނޭޓް ވާމީހެއް ކަމަށެވެ.) އަދި އޭނަޔާ އޭނަގެ ދަރިފުޅު ދުރުކުރަން އުޅޭ ކަމަށް މާތާ މީހުން ކައިރީ ކީކަމަށް ވެއެވެ.
މައްސަލަ އިދާރާތަކަށް ހުށަހަޅާ ހިނގަމުންގޮސް އެންމެފަހުން ޑެނިއަލް ފުލުހަށް ގެންގޮސް ސުވާލު ކުރުމުން ރޮއެގަނެފަ އިއުތިރާފް ވިއެވެ. އަދި ހުރިހާ ވާހަކައެއް ކިޔާދިނެވެ. އުމުރުން 12 އަހަރުން ފެށިގެން މަންމަ އޭނަޔާ އެގޮތަށް ގާތްވަމުން ދާކަމަށް އޭނާ ކިޔާދީފައިވެއެވެ. ކައިވެނިކޮށްގެން ދުރަށް އައިފަހުންވެސް މަންމަގެ ގެޔަށް ނުދާ އެންމެ ދުވަހެއް އައިނަމަވެސް އަމިއްލަޔަށް މަރުވާ ހަމަޔަށް ކަންތައް ދުއްވާލާ ކަމަށް އޭނާ ކިޔާދިނެވެ. ދުނިޔޭގެ ލަދަށް އެމިލީ އާއި ކައިވެނި ކުރުމުގެ ހުއްދަ ދިންނަމަވެސް އެމިލީ އާއި ގާތްވުން ވަނީ މަނާ ކޮށްފައެވެ. އަދި ފަހުން ޑޮކްޓަރަށް ދައްކަން ކަމަށް ބުނެ އެގެޔަށް ވެސް އައީ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އެމިލީ އަކަށްވެސް އެކަކަށްވެސް އޭނާގެ އަތުން ޑެނިއަލް އަތުނުލެވޭނެ ކަމަށް ބުނެފައިވާކަމަށް ވެއެވެ.
ތަހުޤީޤްތަކުން ހާމަވެފައިވާ ގޮތުގައި މާތާ އަކީ ކޮންޓްރޯލް ކުރުމުގެ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހެކެވެ. އުމުން 12 އަހަރުގައި ޑެނިއަލްގެ ބައްޕަ މަރުވީއްސުރެ އޭނާގެ އެހީތެރިއަކު ނެތްކަމަށާ އެމީހަކީ ޑެނިއަލް ކަމަށް ޑެނިއަލް ގާތު ބުނަމުން ގެންދާކަމަށްވެއެވެ.އަދި ޑެނިއަލްގެ އަމިއްލަ ރަހުމަތްތެރިއަކުވެސް ހޯދުމުގެ ފުރުސަތު ނުދީ ޑެނިއަލްގެ މައްޗަށް ފުލް ކޮންޓްރޯލް ހިންގަމުން ގެންދާ ކަމަށް ވެއެވެ.އެންމެ ފަހުން އޭނާގެ ފިރިއަކީވެސް ޑެނިއަލްކަމަށް ބުނެދޭކަމަށްވެއެވެ.
މައްސަލަ ކޯޓަށް ހުށައަޅާ ބަލާ ނިމުމަށްފަހު ދެމީހުންނަށް ހައްގު އަދަބުވަނީ ދީފަ އެވެ.ކުށުގެ ލިސްޓް ވަރަށް ދިގެވެ. އަދަބުވެސް ބޮޑެވެ. މާތާ ވަނީ މެންޓަލް އެސައިލަމް އަކަށް ލާފައެވެ. މައްސަލަ މީޑިޔާގެ ސަމާލުކަމަށް އައިސް އެތައް ދުވަހެއް ވީއިރުވެސް އެންމެން ދައްކަނީ އެވާހަކައެވެ.
އެމިލީ އެސިޓީ ގައިވެސް ނުހުރެ އެހެން ސިޓީ އަކަށް ބަދަލުވީއެވެ. އަދި އޮފީހަކުން މަތީ ވަޒީފާއެއް ހޯދައިގެން އުޅެމުން ގެންދަނީ އެކަނިއެވެ. ނަމަވެސް އަދިވެސް ބައެއް ވަގުތުތަކުގައި ވީޑިއޯގެ މަންޒަރުތައް ހިތަށް ވަނުމުން ހުއްޓުން އަރައެވެ.
![]()
