ޗައިނާއާއި އީރާނުގެ ގުޅުންތަކާހުރެ ޔޫރަޕް ނިދިގެއްލިފާ

Loading

Facebook
Twitter
WhatsApp

އީރާނަށް ހަތިޔާރު ވިއްކުމާއި އަދި އީރާނުން ބެލިސްޓިކް މިސައިލް އުފެއްދުން ޔޫ އެން އިން މަނާކޮށްފައި ވަނިކޮށް މިހާރުވެސް އެކަންތައް ނުހުއްޓި ކުރިއަށްދާކަމަށް ޔޫރަޕުގެ ސިއްރު އިންޓެލިޖެންސަށް އެނގިފާކަން ސީއެންއެންގެ ޚަބަރުގައި ހާމަކޮށްފިއެވެ.

ޔޫރަޕްގެ ސިއްރު އިންޓެލިޖެންސް އިން ބުނެފައިވަނީ ޗައިނާއިން ފޮނުވި އީރާނުގެ މެދު-ރާސްތާ މިސައިލް އުފެއްދުމަށް ބޭނުންކުރާ ސޯޑިއަމް ޕަރކްލޮރޭޓްގެ އެތައް ޝިޕްމެންޓެއް މިދިޔަ ސެޕްޓެމްބަރ މަހުގެތެރޭގައި އީރާނުގެ ބަންދަރު އައްބާސްއަށް ދިޔަކަން އެނގިފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ ޖޫން މަހުގެ ހަނގުރާމައަށްފަހު ޗައިނާއިން ގަނެފައިވާ 2000 ޓަނުގެ ޝިޕްމެންޓް ތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. މި ޝިޕްމެންޓްތައް އުފުލުމަށް ބޭނުންކުރި ބޯޓުފަހަރަކީވެސް ޔޫ އެން އިން މަނާ މޮށްފައިވާ ލިސްޓުގައި ހިމެނޭ ބޯޓު ފަހަރެވެ.  

މިއީ 2015 ވަނަ އަހަރު ބާރުގަދަ 5 ގައުމަކުން އީރާނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އެ އެއްބަސްވުމާ އީރާނުން ޚިލާފު ވެފައިވާކަމަށްބުނެ ޔޫރަޕްގެ ގައުމުތަކުގެ ބާރުން “ ސްނެޕްބަކް “ ގެ ނަމުގައި ޔޫ އެން އިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅެކެވެ. ޔޫ އެން ގެ މި ފިޔަވަޅަކީ ސިޔާސީ ގޮތުން ހައްލުކުރެވޭނެ މައްސަލަތަކަށް ޔޫ އެން އިން މަގު ބަންދުކުރަނީ ކަމުގައި ބުނެ ޗައިނާއާއި ރަޝިޔާއިން ޔޫ އެންގެ އެ ނިންމުން ގަބޫލެއް ނުކުރެއެވެ.

ކާރނެގީ އެންޑަވްމެންޓް ފޯރ އިންޓަރނޭޝަނަލް ޕީސްގެ ނިއުކްލިއަރ ޕޮލިސީ ޕްރޮގްރާމްގެ ސީނިއަރ ފެލޯ ޓޯންގް ޒާއޯ ބުނެފައިވަނީ ރަޝިޔާއާއި ޗައިނާ އަދި އީރާން ގުޅިގެން ސްނެޕްބެކް ގަބޫލު ނުކުރާކަން އޮކްޓޯބަރ 18 ގައި ރަސްމީގޮތުން ޔޫ އެން އަށް އަންގާފައި ވުމުން އެ ގައުމުތަކުގެ ސިޔާސަތަކީ އެއީކަން ހާމަވެގެން ހިގައްޖެ ކަމަށެވެ. ޒާއޯ ގަބޫލުކުރާގޮތުގައި ސޯޑިއަމް ޕަރކްލޮރޭޓް އީރާނަށް އެތެރެކުރާ މަގްސަދު ޗައިނާއަށް އެނގޭނެއެވެ.

އެހެންނަމަވެސް ބައިނަލް އަގްވާމީގޮތުން ކަނޑައެޅިގެން މަނާ ކޮށްފައިވާ އެއްޗަކަށް ނުވާތީ ޗައިނާއަށް ލިބިފައިވާ ގައުމީ މިނިވަންކަމުގެ ދަށުން އީރާނަށް އެކްސްޕޯރޓް ކުރަނީއެވެ.        

އީރާނަށް ފޯރުކޮށްދިނުން ޔޫ އެން އިން މަނާކޮށްފައިވާ ތަކެތީގެ ލިސްޓްގައި ސޯޑިއަމް ޕަރކްލޮރޭޓް ހިމެނިފައި ނުވާތީވެ ޗައިނާގެ ކުންފުނިތަކުން ބުނެފައިވަނީ އެ މާއްދާ އީރާނަށް ފޯރުކޮށްދިނުމާމެދު ޔޫރަޕްގެ ގައުމުތަކުން ކަންބޮޑުވާން ޖެހޭނެ ސަބަބެއްވެސް ނެތް ކަމަށެވެ. އަދި އެއީ ޔޫ އެންގެ ގަރާރާއި ޚިލާފު ވެވުނީ ކަމަކަށް ވެސް ނުވާނެއެވެ.                              

ޗައިނާއިން އީރާނަށްސޯޑިއަމް ޕަރކްލޮރޭޓް އުފުލާދިން ބޯޓުފަހަރު ދަތުރު އެ ބޯޓުފަހަރުގެ ޓްރެކިން ޑޭޓާ ތަކާއި އަދި ފަޅުވެރިން ކޮށްފައިވާ މުވާސަލާތުތައް ބޭނުންކޮށްގެން ސީ އެން އެން އިން ފާރަލާފައިވާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ބޯޓުފަހަރު ޗައިނާގެ ބަދަރުތަކުން އީރާނުގެ ބަނދަރުތަކަށް އެތައް ދަތުރެއް ކޮށްފައިވާކަން އެނގޭކަމަށް ބުނެފައި ވެއެވެ.

އެ ޝިޕްމެންޓްޔަކާ ބެހޭގޮތުން ސީ އެން އެން އިން ޗައިނާގެ ޚާރިޖިއްޔާއާއި ސުވާލުކުރުމުން ޖަވާބު ދީފައިވަނީ ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާމެ މާއްދާތައް އެކްސްޕޯރޓްކުރުމުގައި ޗައިނާއިން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް ގާއިމް ކޮށްފައިވާނެ ކަމަށާއި ބައިނަލް އަގްވާމީ ގޮތުން މަނާކޮފައިވާ އެއްޗެއް ޗައިނާއިން އެހެން ގައުމަކަށް ނުފޮނުވާނެ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހައްލުކުރުމުގައި ޑިޕްލޯމެސީ އެއްފަރާތް ކޮށްފައި، ބިރުދެއްކުމާއި އިގްތިސާދީގޮތުން ދަތިކުރުމަކީ ޗައިނާއިން ގަބޫލު ކުރާނެ ސިޔާސަތެއްވެސް ނޫނެވެ.                            

ޖޫން މަހު ހިގާދިޔަ 12 ދުވަހުގެ ހަނގުރާމައިގާ އީރާނުން ގިނަ މިސައިލްތަކެއް ބޭނުންކޮށްފައި ވާނެ ކަމަށާއި އިތުރު މިސައިލް އުފައްދަން ބޭނުންވާނެތީ އެކަމަށް ބޭނުންވާ މާއްދާތައް އެތެރެ ކުރާނެކަމަށް ބެލެވެއެވެ. ހަމަ އެ މޭރުމުން އިސްރާއީލާއި އެމެރިކާއިންވެސް އީރާނުގެ މިސައިލްތައް ދެނެގަނެވޭނެ ގޮތްތައް ހޯދާނެކަމަށް މިޑްލްބަރީ އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ސްޓަޑިޒްގެ އީސްޓް އޭޝިއާ ތަމްސީލުކުރާ ޑިރެކްޓަރ ޖެފްރީ ލުއިސް ބުނެފައި ވެއެވެ. އޭނާބުނެފައިވާ ގޮތުގައި ދެކޮޅުވެރިކަން ދެމެހެއްޓުމަކީ ހައްލެއް ނޫނެވެ.                                  އީރާނާ ދެކޮޅަށް އެމެރިކާއާއި ޔޫ އެން އިން އަޅާފައި ވާ އިގްތިސާދީ ފިއްތުންތަކާއި އެކުގައިވެސް ޗައިނާއިން ގެންދަނީ އެއްވެސް ފަރާތަކަށް އެންގުމަކާނުލައި އީރާނުގެ ތެޔޮ ގަންނަމުން އަދި ސިޔާސީ ގުޅުން ވަރުގަދަ ކުރަމުންނެވެ. ޗައިނާއިން ކަނޑައަޅާފައިވާ ވަކި ބޯޓުފަހަރުގައި އީރާނުން ތެޔޮ ބަރުކޮށްގެން ބައެއްފަހަރު އެހެންގައުމުތަކުގެ ތެރޭން ލާފައި ޗައިނާއިރުމަތީ ބިތުގެ ރެފައިނަރީތަކަށް ގެންގޮސް ސާފުކުރަމުން ގެންދަނީއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް