ދުންފަތާއި ދެކޮޅަށް ތަންފީޒުކުރާ ޖެނަރޭޝަނަލް ބޭން އާ ގުޅިގެން 32 ގަޑި އިރަށް ކުރިއަށްގެންދާ ޓެލެތޯން ފަށައިފިއެވެ.
މިއީ ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯންއެކެވެ.
މިއަދު ހަވީރު 16:00 ހާއިރު ފެށި މި ޓެލެތޯނު މިރޭވެސް ކުރިއަށް ގެންދާނެއެވެ.
އަދި މި ޓެލެތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރުގައެވެ.
މި ޓެލެތޯން ކުރިއަށްގެންދަނީ ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފެށުމާއެކު 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެ އުމުރުފުރައިގެ ކުދިންނަށް ދުންފަތުގެ އިސްތިއމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ވިއްކުން މަނާ ވާނެތީ އެކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުންނެވެ.
މި ޓެލެތޯންގެ ތެރެއިން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި ދުންފަތުގެ އިސްތިއުމާލާ ކުރުމާއި ގުޅޭގޮތުން ސިއްޙީ ގޮތުންނާއި ދީނީ ގޮތުން މަޢުލޫމާތު ގެނެސްދޭނެއެވެ.
![]()
