އެމެރިކާ އަކީ މިއަދު ދުނިޔެއަށް އޮތް ބޮޑުބިރެއް

Loading

Facebook
Twitter
WhatsApp

އެމެރިކާ އަކީ ހަތިޔާރު ގެ ވިޔަފާރިކުރުމަށް ދޭދޭ ޤައުމުތަކުގެ މެދުގައި ހަނގުރާމަ ކުރުވާ ފިތުނަ އުފައްދާ ބޮޑު ބިރުވެރި ޤައުމެކެވެ.
އެއީ އެއްވެސް ޒަމާނެއްގައި ޞުލްޙައަށް
މަސައްކަތްކުރި ޤައުމެއް ނޫނެވެ. މިކަމުގެ ހެއްކަކީ ، ފެށުނީއްސުރެން ފަލަސްޠީނުގެ މައްސަލާގައި އެމެރިކާ ގެންގުޅޭ އުދުވާނީ ޔަހޫދީ ސިޔާސަތާއި މެދުއިރުމަތީގެ ޢަރަބި ގައުމުތައް ނިކަމެތިކޮށް އެ ޤައުމުތަކުގެ ކޮންޓްރޯލް އަތުލާފައިވާ ގޮތެވެ.


އެމެރިކާގެ ކޮންމެ ސަރުކާރެއްގެ ވެސް ކޮންޓްރޯލް އޮންނަނީ ޔަހޫދީންގެ އަތުގައެވެ. އެކަންވަނީ މުޅިދުނިޔެއަށް ހާމަވެފައެވެ. އެކިއެކި ގަމުތަކަށް ހަންފެތުރުމާއި ، ހަތިޔާރުގެ ވިޔަފާރި ކުރުން ނޫން ބޭނުމެއްގައި ނޫނީ އެއްވެސް ޤައުމަކަށް (ވަކިން ޙާއްޞަކޮށް އިސްލާމީ ޤައުމަކަށް) ކަމެއް ކޮށްދީފައެއް ނުވެއެވެ.

ޗައިނާ އާއި ޕާކިސްތާން ޖެއްސުމަށާއި އަފްޣާނިސްތާންގެ ބަގުރާމް އެއަރ ޕޯޓު އަތުލުމުގެ ބޭނުމުގައި ޕާކިސްތާނަށް ތަޢުރީފް ކުރަމުން ޕާކިސްތާނާއި އިންޑިޔާ ގެ ދެމެދު ހަނގުރާމަ އެއް ކުރުވުމަކީ އެމެރިކާ ގެ ޘައުޤުވެރިކަން ނެތްކަމެކޭ މިހާރު ބުނެވޭކަށް ނެތެވެ. އެމެރިކާ މިހާރު ވަނީ އިންޑިޔާ އާއެކު 10 އަހަރު ދުވަހުގެ ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.


އަދި އެމެރިކާއިން ހަނގުރާމާގައި ބޭނުންކުރާ އެންމެ ނުރައްކާތެރި އަޕާޗީ ހެލިކޮޕްޓަރު 3AH-64E އިންޑިޔާއަށް ވިއްކުމަށް މިހާރު ނިންމާފައި ވެއެވެ. އެމެރިކާ އަންނަނީ ، އަނގައިން ޕާކިސްތާނަށް ތަޢުރީފް ކުރަމުން ޢަމަލީ ގޮތުން އިސްރާއީލު މެދުވެރިއަކަށް ހަދުވައި އިންޑިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ދާދިފަހުން އިންޑިޔާ އިން ވަނީ އިޒްރޭލާއެކު ވެސް ދިފާޢީ ކަންކަމާއި ވިޔަފާރި އާއި ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
މެދުއިރުމަތި ފުނޑާލުމަށްފަހު ފަލަސްތީނުގައި ގަތުލުއާންމު ހިންގަމުން މިހާރު މިސްރާބު ހުރީ އޭރިޔާގައި އެޖަރިމާތައް ފުޅާކުރުމަށެވެ. އެމެރިކާއަށް، ބޮޑު ހަނގުރާމަ އެއް ކޮށްނުލާ ގަތުލު އާންމެއް ހިންގާނުލައި، ދުނިޔޭގައި ސުލްހަވެރިކަމާއިއެކު މީހުން ދިރިއުޅުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫންކަން މިވަނީ ދައްކުވާފައެވެ.

Loading

2 Responses

  1. ގަތުލުއާނމުގެ ވެރިޔާ އާއި އޭނައަށް އެފަދަ ޖަރީމާ ހިންގަދޭން ވާގިދީ ފައިސާދީ ހަތިޔާރުދީ ހަދާ ޓެރެރިސްޓް ޓުރަމްޕް.

Leave a Reply to މުޙުސިން ރައޫފު Cancel reply

ފަހުގެ އަޕްޑޭޓް