ޝަކުވާތަކާ ހެދި މީޑިއާތަކަށް ފައިސާ ދިނުން މަޑުޖައްސާލައި އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފި އެވެ.
ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީދޭން ކަނޑައެޅި އުސޫލުގެ ދަށުން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ 18 މީޑިއާއަކަށް ފައިސާ ދިނުމަށް ޔޫތު ނިސްޓްރީން އަމަލުކުރި ގޮތާމެދު ބައެއް މީޑިއާތަކުގެ ފާޑުކިޔުން އަމާޒުވުމުން އެ މަސައްކަތް ވަނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފައެވެ.
![]()
