ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް ކެންސަރ ސްކްރީނިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އަނގަޔާއި އުރަމަތީގެ ކެންސަރަށް ސްކްރީންކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން، އެކި ބާވަތުގެ ކެންސަރަށް މަގުފަހިވާ ކަންކަމާއި، މި ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އިސްރަށްވެހިންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. މި ހަރަކާތުގައި 60 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފު ކުރުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.
![]()
