ކްރޫޒް ޝިޕަކުން ނޭނގި ޖަޒީރާއެއްގައި ބަހައްޓާފައިދިޔަ މުސްކުޅި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

Loading

Facebook
Twitter
WhatsApp

އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއަރ ރީފް އަށް ދަތުރުކުރި ކްރޫޒް ޝިޕް އަކުން ނޭނގި އެތަނުގެ ޖަޒީރާއެއްގައި ބަހައްޓާފައި ދެވުނު އުމުރުން 80 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ލިޒަރޑް އައިލަންޑް ކިޔާ ޖަޒީރާ އަށް ބޯޓު މަޑުކުރުމުން ރަށުތެރެ ބަލަން އަންހެންމީހާ ވެސް ފޭބީ އެހެން ފަސިންޖަރުންގެ ގްރޫޕަކާއެކު ކަމަށްވެއެވެ. ނަމަވެސް ފަހުން ކޮންމެވެސް ސަބަބަކާހެދި ގްރޫޕާއި ވަކިވެފައިވާކަމަށް ވެއެވެ.

ބޯޓު އޮތް ތަނުން ނައްޓާލީ ހޮނިހިރު ދުވަހު އިރު އޮއްސުމުންނެވެ. ނަމަވެސް އަންހެން މީހާ ބޯޓުގައި ނެތްކަން އެނގުމުން ހަމަ އެރޭ އަނބުރާ އެތަނަށް ގޮސް އޭނާ ހޯދުމެގެ މަސައްކަތް ކުރަމުން ދަނިކޮށް ހަށިގަނޑު ފެނިފައިވަނީ އާދީއްތަ ދުވަހު ހެނދުނު ކަމަށް ވެއެވެ.

އެބޯޓަކީ ކޮރަލް އެކްސްޕެޑިޝަން ކިޔާ ގްރޫޕަކުން ދުއްވާ ބޯޓެކެވެ. މިހާދިސާއާއި ގުޅިގެން އަންހެންމީހާގެ އާއިލާއާއި ގުޅާ ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެމުން ގެންދާ ކަމަށް އެފަރާތުން ބުނެފައި ވެއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ފަސިންޖަރުންނާއި ފަޅުވެރިންގެ ރައްކާތެރިކަމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އޮސްޓްރޭލިޔާގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީން މިހާރު ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް