ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 9ގައި މިރޭ ހިނގި ހަމަނުޖެހުމާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިރޭ ބުނީ ހިޔާ ޓަވަރު 9 އެއްގައި ދެބައެއްގެ ދެމެދުގައި އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން އުފެއްދުމާ ގުޅިގެން ކުޑަ 3 ކުއްޖަކު މަޢުލޫމާތު ސާފުކުރުމަށް ހުއްޓުވާފައިވާ ކަމަށެވެ.
”އަދި 16 އަހަރުުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި“ ފުލުހުން ބުނެފައި ވެެެއެވެ.
ފުލުހުން ބުނީ މިހަމަނުޖެހުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާކަމަށެވެ.
މީގެ އިތުރުން މާރާމާރީއެއްވެސް ހިންގާފައި ނުވާ ކަމަށް ފުލުުހުން ހާމަކުރެެއެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންދަނީ ބަލަމުންނެވެ.
![]()
