ޗައިނާ އާއި އިންޑިޔާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ރަގަޅުވާން ފެށުމާއި އެކު ސީދާ ދަތުރު ތައް އަލުން ފަށައިފިއެވެ. މިގޮތުން ބޭއްވި ފުރަތަމަ ދަތުރުގައި 180 ފަސިންޖަރުންނާއި އެކު އިންޑިގޯގެ ބޯޓެއް ހޯމަ ދުވަހު ކޮލްކަތާއިން ޗައިނާގެ ގުއަންގޒޫ އަށް ދަތުރު ކޮށްފައި ވެއެވެ.
ޗައިނާއާއި އިންޑިޔާއާއި ދެމެދު ބާއްވަމުން އައި ސީދާ ދަތުރު ތައް ފުރަތަމަ މެދުކަނޑާލީ ކޮވިޑް ޕެންޑަމިކް ފެށުމާއި އެކު 2020ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު ބޯޑަރު ސަރަހައްދުގައި ހަމަލާތަކެއް ބަދަލު ކުރެވުމާއި ގުޅިގެން ނުތަނަވަސްކަން އިތުރުވެ ފްލައިޓްތައް އަލުން ފަށާފައެއް ނުވެއެވެ.
ނަމަވެސް މިހާރު ގުޅުންތައް ރަގަޅު ކުރުމަށް ދެގައުމުންވެސް މަސައްކަތް ކުރަމުން ދިއުމާއި އެކު، ބޯޑަރު ބެލެހެއްޓުމުގެ ކަންތައް ވަރުގަދަ ކުރުމާބެހޭ މުހިންމު އެއްބަސްވުމަކަށްވެސް ވަނީ އާދެވިފައެވެ.
އިންޑިޔާ ސަރުކާރުން ބުނެފައިވަނީ އަލަށް ފެށުނު ސީދާ ދަތުރު ތަކުގެ ސަބަބުން ރައްޔިތުންނާއި ރައްޔިތުން ގުޅުވާލަދޭނެ ކަމުގައެވެ. އަދި އާންމު އުސޫލާއި އެއްގޮތަށް ”ބައިލެޓަރލް“ ކަންކަން ހަމަޔަކަށް އެޅިގެން ދިއުމަށް އަލުން ފެށުނު ދަތުރުތައް އެހީތެރި ވެދޭނެއެވެ.
ހޯމަ ދުވަހު ފެށުނު ސީދާ ދަތުރު ތަކަކީ މަޑުމަޑުން ގުޅުންތައް ރަގަޅުކުރުމަށް އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ކުރަން ހަމަޖެހިފައިވާ ފުރަތަމަ ކަންތަކެވެ.
ހަތްއަހަރަށް ފަހު ބޮޑުވަޒީރު ނަރެންދުރަމޯދީ ވަނީ އޮގަސްޓްމަހު ޗައިނާޔަށް ދަތުރު ފުޅެއް ކުރައްވާފައެވެ.އަދި ޝަންގހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގެ އަރިމަތީގައި މޯދީވަނީ ރައީސް ޝީއާއި ބައްދަލް ކުރައްވާފައެވެ. ހަމަ އެމަހު ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގ ޔީ ވަނީ އިންޑިޔާއަށް ދަތުރު ކުރައްވާ ބައުންޑަރީގެ މައްސަލަތަކާބެހޭގޮތުން އިންޑިޔާގެ އޮފިޝަލުންނާއި އެކު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޖުލައިމަހު އިންޑިޔާއިން ވަނީ ޗައިނާގެ ޓުއަރިސްޓުންނަށް އަލުން ވިސާ ދޫކުރަންވެސް ފަށާފައެވެ.
ޗައިނާ އީސްޓާން އެއާލައިންސް ގެ ދަތުތައްވެސް ނޮވެމްބަރު 9 ވަނަ ދުވަހު ޗައިނާއާއި އިންޑިޔާއާއި ދެމެދު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންޑިޔާ އާއި ޗައިނާއާއި ދެމެދު 2019 ވަނަ އަހަރު 2،588ޝެޑިއުލް ފްލައިޓް ބާއްވާފައި ވެއެވެ.
![]()
