ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގައި ހުންނެވި މާފުށި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް އެ ކޮމިޝަނުގެ ރައީސްކަމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ރިޒާ ޖޭއެސްސީގައި އިންނަވަނީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުގެ ގޮތުގައެވެ.
ނަމަވެސް ރިޒާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ރިޟާ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރީ ޖޫން މަހުގެ 12 ވަަނަ ދުވަހުއެވެ.
ޖޭއެސްސީގައި ޖުމުލަ ތިއްބަވަނީ 10 މެންބަރުންނެވެ.
![]()
