މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ

Loading

Facebook
Twitter
WhatsApp

މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.


 

ގެއްލިގެން ހޯދަމުންދަނީ ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ (19އ) އެވެ.
 

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ އޮކްޓޯބަރ 21 ވަނަ ދުވަހުގެ މެންދުރު 2:00 އެހައިކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް 2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ އިރު އޮއްސި 06:56 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.

އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ެެއެހެންކަމުން ފުލުހުން ވަނީ ޕޫރްނީމާ ގަޖްމަރ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް