ސައޫދީއަރަބިއްޔާގައި ކޮމާޝަލް ރެޖިސްޓްރޭޝަން ގެ 49 އިންސައްތަ ނިސްބަތްވަނީ އަންހެނުންނަށް

Loading

Facebook
Twitter
WhatsApp

މިހިނގާ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސައޫދީއަރަބިއްޔާގައި  128،000ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރެއިން 49 އިންސައްތަ ނިސްބަތްވަނީ އަންހެނުންނަށް ކަން ހާމަވެއްޖެއެވެ.

މިއަހަރުގެ މިހާތަނަށް މިނިސްޓްރީ އޮފް ކޮމާސް އިން 128،000 ކޮމާޝަލް ރެޖިސްތްރޭޝަން ހަދާދީފައިވާއިރު، މުޅި ކިންގޑަމްގައި ހަދާދީފައިވާ ރެޖިސްޓްރޭޝަން ގެ އަދަދު ވަނީ 1.7 މިލިއަށް އަށް ވުރެ އިތުރު ވެފައެވެ. ހަދާދެވުނު ޖުމްލަ ކޮމާޝަލް ރަޖިސްޓްރީގެ ތެރެއިން 48 އިންސައްތަ ހަދާދީފައިވަނީ އަންހެން ވިޔަފާރި ވެރިންނަށެވެ. އަދި ވިޔަފާރި ތަކުގެ 51 އިންސައްތަ ނިސްބަތްވަނީ ޒުވާން ވިޔަފާރި ވެރިންނަށް ކަމަށް ވެއެވެ.

ބިޒްނަސް ސެކްޓާ ބުލެޓިން ބުނާގޮތުން އަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ގިނަ ކޮމާޝަލް ރެޖިސްޓްރޭޝަން ހަދާދީފައިވަނީ ރިޔާޟް ރީޖަންގައެވެ. އެސަރަހައްދުގައި 50،000 ރަޖިސްޓްރީ ހަދާދީފައި ވެއެވެ. ރިޔާޟް ރީޖަން އަށް ފަހު ދެވަނަޔަށް އެންމެ ގިނަ ކޮމާޝަލް ރެޖިސްޓްރޭޝަން ހަދާދީފައިވަނީ އީސްޓަރން ޕްރޮވިންސްގައެވެ.އެތަނުގައި 21،5000 ކޮމާޝަލް ރެޖިސްޓްރޭޝަން ހަދާދީފައި ވެއެވެ. މައްކާގައިވެސް 19،4000 ކޮމާޝަލް ރެޖިސްޓްރޭޝަން  ހަދާދީފައިވާއިރު، ޣާސިމް ސަރަހައްދުގައި 8،300 އަދި އާސިރު ސަރަހައްދުގައި 5،000 ކޮމާޝަލް ރެޖިސްޓްރޭޝަން ހަދާދީފައިވާ ކަމަށް ބިޒްނަސް ސެކްޓާ ބުލެޓިން އާއި ހަވާލާދީ ސައޫދީ ގެޒެޓްގައި ބުނެފައި ވެއެވެ.

ސައޫދީ އަރަބިއްޔާގައި އެންމެ ގިނަ ވިޔަފާރި ރަޖިސްޓްރީ ހަދާދީފައިވަނީ ކޮންސްތްރަކްޝަން ސެކްޓާއިން ކަމަށް ވެއެވެ. އެދާއިރާއިން 67،000 ރަޖިސްޓްރީ ހަދާދީފައި ވެއެވެ.އެއީ މުޅި ޖުމްލަ ރެޖިސްޓްރީ ގެ 39 އިންސައްތައެވެ.ހޯލް ސޭލް އެންޑް ރީޓެއިލް ވިޔަފާރި ދެވަނަޔަށް އަންނަ އިރު ތިނަވަނައިގައިވަނީ މެނުފެކްޗާ ކުރުން ނުވަތަ ތަކެތި އުފެއްދުމުގެ ވިޔަފާރިއެވެ. އެކި ދާއިރާތަކުގެ ތެރެއިން ރެސްޓޯރަންޓް ސަރވިސް އަށް 12،700 ރަޖިސްޓްރީ ހަދާދީފައިވާއިރު ޓްރާންސްޕޮޓޭޝަންގެ ޚިދުމަތާއި ސްޓޯރޭޖްގެ ޚިދުމަތަށް 12،250 ރަޖިސްޓްރީ ހަދާދީފައި ވެއެވެ.

ބުލެޓިން ބުނާ ގޮތުން ވިޔަފާރި ކުރާ ތަންތަނުގެ އަދަދު ވަނީ ފާއިތުވި ފަސް އަހަރުތެރޭ 21 އިންސައްތަ އިތުރުވެ، ވަނީ 1.2 މިނިއަނަށް އަރާފައެވެ. މިގޮތުން އެންމެ ބޮޑަށް އިތުރު ވެފައިވަނީ ލިމިޓަޑް ލައެބިލިޓީ ކުންފުނި ތަކެވެ. ލިމިޓަޑް ލައެބިލިޓީ ކުންފުނި 158 އިންސައްތަ އިތުރުވެ، 500،000 އަށް އަރާފައި ވެއެވެ.

ސައޫދީ ސަރުކާރުން ކަނޑައަޅާފައިވާ ވިޝަން 2030 ގެ ދަށުން ކުރިއަރާނެ ކަމަށް ފާހަގަ ކޮށްފައިވާ ސެކްޓަރު ތަކުގެތެރޭގައި އިލެކްޓްރޯނިކް ގޭމްތައް އުފެއްދުން،އޮގްމެންޓަޑް ރިޔަލިޓީ ޓެކްނޮލޮޖީ ގެ ދާއިރާ، ލޮޖިސްޓިކްސްގެ ދާއިރާ އަދި އީކޮމާސްގެ ދާއިރާ ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް