ކޮޅުވެއްޓިއެއް ބަނޑުންޖަހާލައި، އެކަކު ނިޔާވެއްޖެ

Loading

October 16, 2025
profile
Facebook
Twitter
WhatsApp

ކޮޅުވެއްޓިއެއް ބަނޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ނިޔާވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 3.08ގައި ކަމަށާއި، އެއާއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ޑައިވަރުންނާއެކު އެސަރަހައްދަށް ގޮސް ކުރެވުނު މަސައްކަތުން، ކޮޅުވެއްޓީގައި ދަތުރުކުރި 7 މީހުންގެ ތެރެއިން 4 މީހުން ރޭ ސަލާމަތް ކުރެވިފައި ވާކަމަށެވެ. 

ގެއްލިފައިވާ ތިން މީހުންގެ ތެރޭން އެކަކު ނިޔާވެފައިވާއިރު، އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ކަނޑު އަޑިން ވަނީ ނަގާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ދިވެހި ފިރިހެނެއް ކަމަށް މަޢުލޫމާތު ލިބެއެވެ. 

މާލޭން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަމުންދިޔަ ”އަލްމާކް-ފިޔަ“ ނަމަކަށްކިޔާ މި ކޮޅުވެއްޓި ތުޅާގިރި ކައިރިން ބަންޑުން ޖަހާލައި އަޑިއަށް ގޮސްފައިވާއިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ކޮޅުވެއްޓީގައި ހުރި ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް