ސައޫދީއަށް އެތެރެކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ސައޫދީ ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީ(ޒަޓްކާ)އިން ހާމަ ކޮށްފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާއަށް މަސްތުވާތަކެއްޗާއި އެހެންވެސް މަނާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހަފްތާ އެއްގެތެރޭގައި 1،534 ފަހަރު ތަކެތި ހިފަހައްޓާ އަތުލާފައި ވެއެވެ.

މިގޮތުން އަތުލެވުނު ތަކެތީގެ ތެރޭގައި 101 ވައްތަރެއްގެ ނާކޮޓިކް ޑްރަގް ގެ އިތުތުން 709 ވައްތަރެއްގެ މަނާ ސަބްސްޓަންސް ހިމެނެއެވެ. މިއީ އެއްގަމާކަނޑު އަދި ވައިގެމަގުން އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހަފްތާއެއްގެތެރޭގައި އަތުލައިގަތް ތަކެއްޗެވެ.

ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީން އިތުރުރަށް ހާމަ ކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ދަށުން ވަގަށް އެތެރެކުރަން އުޅުނު 2،761 ދުންފަތް ޕެކް، އަދި ދުންފަތުން ހަދާފައިވާ ތަކެތީގެ އިތުރުން 9 ވައްތަރެއްގެ ހަތިޔާރާ އޭގެ ބައިތައް އަދި 62 ގައުމެއްގެ ފައިސާ ވެސް ހިފަހައްޓާފައި ވެއެވެ.

ސައޫދީ އަރަބިއްޔާގެ ކަސްޓަމްސް ގެ މަސައްކަތް ހަރުދަނާ ކޮށް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ޔަގީންކުރުމަށް ކުރާމަސައްކަތް، ގުޅުން ހުރި ހުރިހާ އިދާރާ ތަކެއްގެ އެއްބާރުލުމާއިއެކު އަދިވެސް އިތުރަށް ވަރުގަދަ ކުރަމުން ގެންދާނެ ކަމުގެ ޔަގީން ކަން އެ އިދާރާއިން ދީފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް