ފުލުސް އޮފިސަރުންނާއި ޢާއިލާއާ ޒާތީގޮތުން ދިމާކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުސް އޮފީސް

Loading

October 7, 2025
profile
Facebook
Twitter
WhatsApp

ފުލުހުންގެ ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ ޢާއިލާއާ ޒާތީގޮތުން ދިމާކޮށް، ބިރުދައްކާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މިހެން ބުނެފައިވަނީ، އޮކްޓޯބަރު 3ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންނާ އެއްވި މީހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގުމަށްފަހު ވަކިވަކި ފުލުހުންނާއި އެ ފުލުހުންގެ ޢާއިލާއާބެހޭ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގައި ހިއްސާކުރަމުން ދިއުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި، އެރޭގެ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވަނީ، އެއްވި މީހުން ގާނޫނާ ޚިލާފަށް ފުލުހުންނާ ކުރިމަތިލާފައިވާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

އެހެންކަމާއެކު، އެފަދަ އޮފިސަރުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާފަދަ ކަމެއް ކޮށްފިނަމަ، ނުވަތަ އޭނާގެ ޢާއިލާއާމެދު ނަފުރަތު އުފެދޭ ކަހަލަ ޢަމަލެއް ސޯޝަލްމީޑިއާ މެދުވެރިކޮށް ނަމަވެސް ހިންގައިފިނަމަ، އެ ޢަމަލެއް ހިންގި މީހަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް