ފުވައްމުލައް ސިޓީގެ އެއާޕޯޓުގެ ފެންސު މަތިން ބަޔަކު އަރަން އުޅުމުން އެކަން ހުއްޓުވި މުވައްޒަފަކަށް ހަމަލަދިން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ މަހުގެ 28ވަނަ ދުވަހު، އެއާޕޯޓު ފެންސުމަތިން އަރަން އުޅެނިކޮށް އެ މީހުން ހުއްޓުވި ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ހައްޔަރުކުރީ އެއީ ފުވައްމުލައް، ހޯދަޑު/ގުލްކޯޒުގޭ ޙަސަން ޙުމާމް މުޙައްމަދާއި، ހޯދަޑު/ޒަމްހަރީރުގޭ އިބްރާހީމް ސިމަން އަޙުމަދާއި، ފުނާޑު/ޝުހާނާ، ބައްސާމް އަޙުމަދު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ، މި ތިން މީހުންވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.