ފިލިޕީންސަށް އަންގާރަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 70 އިން މައްޗަށް އަރައިފި

Loading

Facebook
Twitter
WhatsApp

ފިލިޕީންސްގެ މެދުތެރޭގެ ހިސާބުތަކަށް އަންގާރަ ދުވަހު  އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 70 އިން މައްޗަށް އަރައިފިއެވެ.

6.9 ގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސޭބޫ ޕްރޮވިނސަށް ކަމަށް ވެއެވެ.

ބިންހެލުމާ ގުޅިގެން ގެދޮރާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށާއި، ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އެ ޚިދުމަތްތައް އަލުން ގުޅައިދިނުމަށް ކަމާ ގުޅޭ އިދާރާތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ފިލިޕީންސްގެ ކަމާ ބެހޭ އިދާރާތަކުން ބުނީ، ބިންހެލުން އައިސްފައި ވަނީ ސޭބޫ ޕުރޮވިންސުގެ އުތުރުގައި އޮތް ބޮގޯ ސިޓީގެ އައްސޭރިފަށަށް ކަމުގައެވެ. އެ ޤައުމުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އިސް އޮފިޝަލެއް މައުލޫމާތު ދެއްވި ގޮތުގައި  ބިންހެލުމުގައި އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން  އެ ސަރަޙައްދުގެ ހޮސްޕިޓަލް ތަކުގައި ކުރިޔަށް އެބަދެއެވެ. ނަމަވެސް އަދކައިރި ހޮސްޕިޓަލް ތައް ފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މަރުވި މީހުންގެ އިތުރުން  150އެއްހާ މީހުންނަށް އަނިޔާވެފައިވާ ކަމުގައި އެ އިދާރާގެ އޮފިޝަލަކު ބުނެފައި ވެއެވެ.

ބިންހެލުމާއި ގުޅިގެން ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވިދާޅުވީ، ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައެވެ. އަދި، އެހީގެ ކަންކަން ވިލަރެސް ކުރެއްވުމަށް ބިންހެލުން އައި ސަރަޙައްދުގައި ކެބިނެޓުގެ ބައެއް ވަޒީރުން މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސެބޫއަކީ 3.4 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސަރަޙައްދެކެވެ. ބިންހެލުމުގައި އެ ސަރަޙައްދުގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ސަރަޙައްދުގައި އޮންނަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލާފައެއް ނުވެއެވެ.
ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ސެބޫގެ އިތުރުން އެންމެ ބޮޑު ވިސާޔަސް ޖަޒީރާގެ ބޯގޯ އަވަށް ހިމެނެއެވެ. ބޯގޯ ގެ މައްޒަރުތައް ފެންނަ އިރު ބޮޑީ ބޭގް ތަކަށް ލާފައި މީހުން މަގުމަތީ އަތުރާފައިވާތަން ފެނެއެވެ. އަދި މެޑިކަލް ދާއިރާ ގައި މަސައްކަތް ކުރާމީހުން ، މީހުންނަށް  އެހީތެރި ވުމަށް ވޮލަންޓިއަރ ކުރުމަށް ސަރުކާރުން ދަނީ ގޮވާ ލަމުންނެވެ.

 އޮފިޝަލުން ދަނީ މިހާރުވެސް ބައެއް ހިސާބު ތަކުން  ކާބޯތަކެއްޗާއި ސާފު ބޯފެން ހުސްވެފައިވާ ކަމުގައި އަންގަމުންނެވެ. އަދި، ބިންހެލުމުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށްދިނުމަށް އިދާރާތަކުން ދަނީ އާނަމުންނަށް ގޮވާލަމުންނެވެ. މީގެ އިތުރުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.  

ފިލިޕީންސްގައި ބިންހެލުން އައި ސަރަޙައްދަށް ދަނީ ބޯކޮށް ވާރޭވެހެމުންކަމަށް ވެއެވެ. މަރުވި މީހުންގެ ތެރޭގައި، ބިންހެލުން އައި ވަގުތު، ބާސްކެޓްބޯޅަ ކޯޓެއްގައި ކުޅެން ތިބި ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ކަމުގައި ވެސް މީޑިއާ ރިޕޯޓް ތައް ބުނެއެވެ. ބިންހެލުމުގައި ބާސްކެޓްބޯޅަ ކޯޓު ހުރި އިމާރާތުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ.

ފިލިޕީންސަކީ އަލިފާން ފަރުބަދަތައް ގިނަ ’ރިންގް އޮފް ފަޔަރ’ގެ ނަން ދީފައިވާ ސަރަޙައްދުގައި އޮންނަ ޤައުމެކެވެ. އޭގެ ތެރެއިން ގިނަ އަލިފާން ފަރުބަދައަކީ ’އެކްޓިވް‘ ނުވަތަ ގޮވުން ޢާންމު ފަރުބަދަތަކެކެވެ. އަދި، އެއީ ބިންހެލުންތައް ވެސް ގިނަ ސަރަޙައްދެކެވެ. މި އަހަރުގެ ޖަނަވަރީ މަހު ވެސް އެ ސަރަޙައްދަށް ދެ ބިންހެލުމެއް އައެވެ. ނަމަވެސް، އެ ހާދިސާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. 2023ވަނަ އަހަރުއައި ރިކްޓަރ މިންގަނޑުން 6.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމެއްގައި އަށް މީހުން މަރުވިއެވެ. މީގެ 12 އަހަރު ކުރިން އައި ބިން ހެލުމެއްގައި 6000މީހުން މަރުވެފައި ވެއެވެ.

ބުދަދުވަހު ހަވީރުވެސް ބޯގޯ އަށް އިތުރު އާފްޓަރ ޝޮކެއް އައި ކަމަށް ޚަބަރު ލިބެއެވެ.ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް