މާރާމާރީއެއްގައި މީހެއްގެ ބުރަކައްޓަށް ހަމަލާދިނުމުގައި ބައިވެރިވި ދެމީހުން ޖަލަށްލާން ހުކުމް ކޮށްފި

Loading

Facebook
Twitter
WhatsApp

މާރާމާރީއެއްގައި މީހެއްގެ ބުރަކައްޓަށް ހަމަލާދިނުމުގައި ބައިވެރިވި ދެމީހުން ޖަލަށްލާން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި ދައުލަތުން ދައުވާކުރީ، ގއ. މާމެންދޫ ރިހިފަރުދާގެ އަހްމަދު ޝަމީމް އާއި ގުލްފާމްގެ މުހައްމަދު މާޒިން އާއި ބިލަތްމާގެ ޝަރަފް ރަޝީދު މައްޗަށެވެ.

އެގޮތުން މި މީހުންގެ މައްޗަށް ދައުވާކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އަށްވަނަ ދުވަހުގެރޭ މާމެންދޫ ކަތިބެއްޔާ މަގާއި ކޭވަނެބެއްޔާމަގާ ގުޅުނު ހަތަރުއަނގޮޅި ކަންމަތީގައި ހުންނަ ވެރައިޓީސްކެއާ ކައިރިން އެ ރަށު ވަގުތީމަންޒިލް ފިރުޝާން ޒާހިރުގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މާރާމާރީގައި އިތުރު ބަޔަކާއެކު ބައިވެރި ވެފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް އެ މާރާމާރީގައި ބައިވެރިވެފައިވާ ކަމަށް، އަހްމަދު ޝަމީމްގެ މައްޗަށް ސާބިތު ނުވާކަަމަށް ކަނޑައަޅައި، އެ މާރާމާރީގައި މާޒިން އާއި ޝަރަފް ބައިވެރިވެފައިވާކަމަށް ވަނީ ނިންމާފައެވެ.
އެހެންކަމުން މާޒިން 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.
އަދި ޝަރަފް 7 އަހަރު ދުވަހަށް ޖަަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް