ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން، މިއަދުން ފެށިގެން މި މަހުގެ 4ވަނަ ދުވަހާ ހަމައަށް މާލޭ ސަރަހައްދުން ކުނި ނަގާ ވަގުތަށް ބަދަލު ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން ވެމްކޯއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި ދުވަސްތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ހަވީރު 4.00އާ ރޭގަނޑު 8.00އާ ދެމެދު ކަމަށެވެ.
އެހެންކަމާއެކު އެ ދުވަހެއްގައި އުކާލަންޖެހޭ ކުނި ހަވީރު 4.00ގެ ކުރިން ތައްޔާރުކޮށްފައި ބެހެއްޓުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
ވެމްކޯއިން އާންމު ގޮތެއްގައި ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ ހަވީރު 6.00ން ފެށިގެންނެވެ.