ކުރިޔަށް އޮތް ހައްޖު މޫސުމަށް ތައްޔާރު ވުމަށް ސައޫދީ ސަރުކާރުން 60 ގައުމަކާ ގުޅިގެން މަސައްކަތް ފަށައިފި

Loading

September 29, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ކުރިޔަށް އޮތް 2026 ވަނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން މިހާރުން ފެށިގެން ތައްޔާރީތައް ވާން ފަށައިފިއެވެ.

މިގޮތުން ހައްޖުގެ އަޅުކަމުގެ ތާރީޚަށް އަދި 8 މަސް ދުވަސް އޮތް ނަމަވެސް މިހާރުވެސް ސައޫދީގެ ކަމާބޭ މިނިސްޓްރީން ވަނީ ފަސްދޮޅަހަށް ވުރެ ގިނަ ގައުމުގެ ހައްޖާބެހޭ އިދާރާ ތަކާއެކު ފަންސާހަކަށް ބައްދަލްވުން ބާއްވާ، ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.

ހައްޖުވެރިންނަށް އަމާޒުކޮށް މިފަހަރު ވަނީ ޙާއްސަ ބަސްދަތުރުގެ ނިޒާމެއް ތައާރަފް ކުރާގޮތަށް ހަމަޖެހިފައެވެ. އެއީވެސް ހައްޖުވެރިން ފަސޭހައިން އެއްތަނުން އަނެއް ތަނަށް ދިއުމަށް މަގުފަހި ކޮށް ދިނުމަށް ތައާރަފްކުރާ ނިޒާމެކެވެ. ހުރިހާ ޚިދުމަތެއްވެސް ގައުމުން ބޭރުގެ ހައްޖު ވެރިންނަށް ވަކިން ދޭގޮތަށް ހަމަޖެހިފައިވާއިރު ބޭރު ގައުމުތަކުންދާ ހައްޖުވެރިންނަށް ކަންކަން ފުރިހަމަ ކޮށް ދިނުމަށް ވަކި ސަރވިސް ކުންފުނި ތަކެއް ވަނީ ހަމަޖައްސާފައެވެ. އިދާރާތަކުން 75 ގައުމެއްގެ ސަރވިސް ގައިޑުން ފައިނަލް ކޮށްފައިވާއިރު މިހާތަނަށްވެސް ސަތޭކަ ނުވަދިހައެއްހާ ހޮސްޕިޓަލިޓީ ސެންޓަރު ހުޅުވާފައިވާ ކަމަށް ވެއެވެ.

މިޕްރޮގްރާމްގެ ދަށުން ސައޫދީގެ ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދޭނެ ސަރވިސް ޕްރޮވައިޑަރުންގެ 11 ކުންފުންޏަކަށް ލައިސަންސް ދީފައިވާ ކަމަށް ވެއެވެ.

ހައްޖުވެރިންނަށް ދެވޭ ޚިދުމަތްތައް ރަގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން 25 ވަރކް ޝޮޕްވެސް ބާއްވާފައިވާ ކަމަށް ވެއެވެ. މިގޮތުން އަލަށް ތައާރަފް ކުރެވޭ އައު އިނޮވޭޝަން ތަކާ ބެހޭ މައުލޫމާތު ދިނުމަށް ޚާއްސަ ސަމާލުކަމެއް ދީފައި ވެއެވެ. ހައްޖުވެރިނަށް އެހީތެރި ވުމަށް ދާން ބޭނުން ވޮލަންޓިއަރުންނަށް ޚާއްސަ ޑާޓާ ބޭސް އެއްވެސް މިއަހަރު ވަނީ ތައާރަފް ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް