އަލިފާނުގެ ސަބަބުން ލިލީ އެފް އެންޑް ބީ ސަޕްލަޔަރޒްއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވޭ: އެމްއެންޑީއެފް

Loading

September 28, 2025
profile
Facebook
Twitter
WhatsApp

ރޭ ދަންވަރު ރޯވި އަލިފާނުގެ ސަބަބުން ލިލީ އެފް އެންޑް ބީ ސަޕްލަޔަރޒްއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ބޮޑު ގެއްލުމެއް ވެފައިވާއިރު، ތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައި ކަމަށެވެ.

މި ހާދިސާގައި އަލިފާން ނިއްވަން އުޅުނު ފަޔަރފައިޓަރެއްގެ ހާލުދެރަވެގެން ސެނަހިޔަ ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. 

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1:00ހާއިރު ކަމަށާއި، އަލިފާން ނިއްވާލެވިފައިވަނީ 2.40ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް