އޮކްޓޯބަރު 3ގައި އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުމާ ގުޅިގެން މާލޭގައި ދަމާފައިވާ ބެނަރތައް ނެގިކަން އެނގިވަޑައިގަތީ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ޢާޒިމް މިހެން ވިދާޅުވެފައިވަނީ، މި އެއްވުމާ ގުޅޭގޮތުން އެމްޑީޕީން ދަމާފައިވާ ބެނަރތަކެއް ސިޓީ ކައުންސިލުން ނެގުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ފާޑުކިޔާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ސިޓީ ކައުންސިލުން މި ތަކެތި ނަގަމުންދާއިރު، ކައުންސިލުގެ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރު ކޮބައިތޯއެވެ. މޭޔަރަށް އެނގިވަޑައިނުގެން މިކަން ކުރެވޭނެތޯއެވެ.
މިކަމާ ގުޅިގެން ޢާޒިމް ވިދާޅުވީ، އެއްވެސް ޕާޓީއަކަށް ސިޔާސީ ހަރަކާތް ހިންގުމުގައި ހުރަސްއެޅިގެން ނުވާނެ ކަމަށެވެ.
އަދި، އޮންނަ އުސޫލުގެ ތެރޭން ބެނަރ ހަރުކުރެވެން ޖެހޭނެ ކަމަށާއި، އަދި ބެނަރ ހަރުކުރުކުރުމުގައި އޭނާވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެ ”ހަމަމަގަށް“ އެޅުވުމުގެ ނަމުގައި އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމަށްވެސް ވަޑައިގަންނަވާނެ ކަމަށް ޢާޒިމް ވަނީ ވިދާޅުވެފައެވެ.
މި ބެނަރތައް ހަރުކުރުމުގެ ހުއްދަ ނަގާފައި ވާނެކަމަށް އެމްޑީޕީން ބުނިނަމަވެސް، މިހާތަނަށް އަދި ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައި ވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
2 Responses
ރާއްޖޭގަ ޙުއްޓާއެގުނީމަ ޚަލޭކީއްކުރާނީ މީނަ ޙީކުރަނީ މީނަމީ ރައީސުލްޖުމްހޫރިއްޔާކަމަށް އެހުންނަނީ ނުން ގަބުކުރަށްނަގާ ސަހަރާތައް ކުޅޭތަންތަނަށް ހަދަން ފޫގަޅާފަ ވަރައްހެވިފާ
ހޮޅިމުއީޒް މޭޔަރުކަމުގައި ހުއްދަނުނަގާ މާލެތެރޭ ދަގަނޑު ހޮޅިޖަހާ ފޮތިދެމީރު ހިތްތިރިސޯލިހުސަރުކާރުން އެކަމަކާ އަޅައެއްނުލާ ހޮޅިމުއީޒް ބޭނުންވަނީ ގޮށްމުށުގެ ބާރު ދަށްކަން ވަރަށް ވަރަށްސާފް