ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

Loading

September 25, 2025
profile
Facebook
Twitter
WhatsApp

ރޭ ދަންވަރު 12.00ން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ރޭ ދަންވަރު 12.00ން ފެށިގެން ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށެވެ.

މިގޮތުން ގެނެވިފައިވާ އަންނަނިވި ބަދަލުތަކަށް ޢަމަލުކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

* އުޅަނދުތައް އެއާޕޯޓަށް ވަނުމަށް އެންމެ ބޭރު މަގު ބޭނުންކުރުން.

* އެއާޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް ޓެކްސީ މަޑުކުރާ ސަރަހައްދުގެ، ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅި ބޭނުންކުރުން.

* އެއާޕޯޓު ޓަރމިނަލް 1 އާއި ޓަރމިނަލް 2ށް މީހުން ގޮވައިގެން އަންނަ އުޅަނދުތައް އެއާޕޯޓުން ނުކުތުމަށް ޓަރމިނަލް 1 ކުރިމަތީގައި އޮންނަ މަގު ބޭނުންކުރުން.

* ބޭރުން އަންނަ އުޅަނދުތަކުގެ ތެރޭން އެއާޕޯޓުން ނުކުންނަން ބޭނުންވާ އުޅަނދުތައް ޕާކިންގ ސަރަހައްދުގެ ކުރިމަތިން އޮންނަ މަގުގެ ކަނާތްފަޅި ބޭނުންކުރުން.

އާ ޓަރމިނަލް ބޭނުންކުރަން ފެށުމާއެކު ޓްރެފިކް ފްލޯއަށް ބަދަލު އަންނާނެކަމަށް، މީގެ ކުރިންވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް