ވ.ފުލިދޫ ފަޅުތެރެއަށާއި ގޮނޑުދޮށުގެ ބޮޑު ސަރަހައްދަކަށް ކަޅުތެޔޮ ފެތުރިފައިވާތީ، އެ ސަރަހައްދު ކަނޑަށް ކަޅުތެޔޮ އެޅިފައިވޭތޯ ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދު ހަލަވެލިން މިހާރު ދަނީ ކަނޑަށް ކަޅުތެޔޮ އެޅިފައިވޭތޯ ބަލަމުން ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި، ގޮތުގައި ކަޅުތެޔޮ ފެތުރިފައިވަނީ ރަށުގެ ހުޅަނގު ދެކުނު ފަރާތު ގޮނޑުދޮށަށެވެ. އެދިމާއިން ގޮނޑުދޮށުގައި އެއްކޮޅުން އަނެއްކޮޅަށް ވަނީ ތެޔޮ ފެތުރިފައެވެ.
މިއީ ތެޔޮ އުފުލާ ބޯޓަކުން މޫދަށް އެޅުނު ނުވަތަ ދޫކޮށްލާފައިވާ ތެޔޮތަކެއް ކަމަށް ވަނީ ޝައްކުކުރެވިއެވެ.
One Response
ތިޔައީ ތިޔަ ރަށުގެ އަޑީގައި ގުދުރަތީ ތެޔޮ ހުރީކަމަށް ވެސް ވެދާނެ ނޫންތޯ!!