ކާގޯ ބޯޓަކުން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓި ގެއްލިގެން އޭނާ ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ރޭ ބުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު ”އެމްއެސްވީ ޑައުލާ“އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ.
އަދި އެ ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 23:35 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކަނޑާއި ވައިގެ މަގުން ކުރަމުންނެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.