ފެންފޯއް ރުކަކުން ވެއްޓި މީހަކަށް ބޮޑު އަނިޔާއެއް

Loading

September 21, 2025
profile
Facebook
Twitter
WhatsApp

ލ. ގަމުގައި ރޭ ފެންފޯއް ރުކަކަށް އަރައި އޮއްވާ ވެއްޓުނު މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، ރުކަށް އަރައި އޮއްވާ ރުއް ބިންދައިގެން ދިއުމުގެ ސަބަބުން އޭނާ ވެއްޓިފައިވަނީ އެތަނުގައި ހުރި ވެލިފުންޏެއްގެ މައްޗަށެވެ.

އޭނާއަށް ލ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.

އޭނާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ވެއްޓި ނޭވާ ނުލެވިގެން ކަމަށް މަޢުލޫމާތު ލިބިފައިވީނަމަސް، ލިބިފައިވާ އަނިޔާގެ ތަފުސީލެއް މިހާތަނަށް އަދި ރަސްމީކޮށް ލިބިފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް