ފަރަންސޭސި ”ފަސްޓްލޭޑީ“ އަކީ ފިރިހެނެއް ނޫންކަން ސާބިތު ކުރެއްވުމަށް ފިރިކަލުން ރައީސް މެކްރޯން ސައިންޓިފިކް ހެކި ހުށަހަޅުއްވަނީ

Loading

September 19, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން ގެ އަނބިކަނބަލުން ބްރިޖިޓް މެކްރޯން އަކީ ފިރިހެނެއް ނޫންކަން ސާބިތު ކުރެއްވުމަށް އެދެކަނބަލުން އެމެރިކާގެ ކޯޓަކަށް ފޮޓޯ އަދި ސައިންޓިފިކް ހެކި ހުށަހަޅުއްވަން ގަސްތު ކުރައްވާކަމަށް އެދެކަނބަލުން ގެ ލޯޔަރު ހާމަކޮށްފިއެވެ.

ލޯޔަރު ޓޮމް ކްލެޔަރ ބުނެފައިވާ ގޮތުގައި މެކްރޯން އާއި އަނބިކަނބަލުން މިގޮތަށް ނިންމެވީ  އޮވެންސް ނަމަކަށް ކިޔާ އިދިކޮޅު އިންފްލުއެންސަރަކު، ބްރިޖިޓް އުފަންވެފައިވަނީ ފިރިހެނެއްގެ ގޮތުގައި ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ކޮންޓެންޓް ފެތުރުމާއި ގުޅިގެން އޭނާއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވުމާއި ގުޅިގެންނެވެ.

ރައްދުގައި އިންފްލުއެންސަރ އޮވެންސްގެ ވަކީލު ވަނީ މައްސަލަ ކޯޓުން ބޭރުކޮށްލުމަށްއެދި މޯޝަން އެއް ހުށަހަޅާފައެވެ. އަދި މައްސަލަ ހުށަހެޅި އެމެރިކާގެ ޑެލަވެއާ ސްޓޭޓް އަކީ މައްސަލަ އާއި ގުޅުމެއް ހުރި ތަނެއް ނޫން ކަމަށާ އެތަނުގައި މައްސަލަ ކުރިޔަށް ގެންދާނަމަ އޭނާގެ ކްލަޔަންޓަށް ދަތިތައް ކުރިމަތިވާނެ ކަމަށް ވަކީލު ބުނެފައި ވެއެވެ.

ބީބީސީގެ ”ފޭމް އަންޑަރ ފަޔަރ“ ޕޮޑްކާސްޓް ގައި ވާހަކަ ދައްކަމުން ބްރިޖިޓް ގެ ވަކީލު ބުނީ އޮވެންސް އެފަދަ އެއްޗެއް ކިއުމުން އެކަމުން ބްރިޖިޓް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަށާ އެކަމުން ރައީސް މެކްރޯންގެ ކެރިއަރ އަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އާއިލާ އަކާއި ކެރިއަރ އެއްގެ ކަންކަން ބެލެންސް ކުރަންމަސައްކަތް ކުރާ އެހެންވެސް މީހުންނެކޭ އެއްފަދައިން އާއިލާ އަށް އެފަދަ ”ހަމަލާ“ އެއް ދިނުމުން އެކަމުން މެކްރޯންގެ ކެރިއަރ އަށްވެސް އަސަރު ކުރާނެކަމަށް ބްރިޖިޓް ވިދާޅުވި ކަމަށް ވަކީލު ބުނެފައިވެއެވެ.

ރައީސް މެކްރޯން އަދި ބްރިޖިޓް ގެ ގާނޫނީ ވަކީލު ޓޮމް ކްލެޔަރ ބުނީ މިމައްސަލައިގައި ދާއިރާގެ އެކްސްޕާޓުންގެ ޓެސްޓިމަނީ ގެ ގޮތުގައި ސައިންޓިފިކް ހެކި ހުށަހަޅުއްވާނެ ކަމުގައެވެ.   އެގޮތުން ހުށަހަޅާނީ ކޮންއެއްޗެއް ކަމެއް ވަކީލް ބުނެފައެއް ނުވެއެވެ. ނަމަވެސް ކުރެވުނު ތުހުމަތު ތަކަކީ ހަގީގަތެއް ނޫން ކަން ސާބިތު ކުރެއްވުމަށް އެކަށީގެންވާ ހެކި ހުށަހަޅުއްވާ ކުރައްވަން ޖެހުނު ކަމެއް ކުރައްވާނެ ކަމަށް ބުނެފައި ވެއެވެ.

މިކަން ސާބިތު ކުރެއްވުމަށް ހުށަހަޅުއްވާނީ ބްރިޖިޓް ބަނޑުބޮޑު އިރުގެ ފޮޓޯ އާއި ތުއްޕުޅު ބޭފުޅުން ގޮވައިގެން އުޅުއްވާ ފޮޓޯ އާއި ވީޑިއޯ ތޯ އެހުމުން ވަކީލު ބުނީ އެތަކެތިވެސް އެބަހުރި ކަމަށާ ކޯޓުގެ ގަވާއިދުތަކާ ސްޓޭންޑަޑް ތަކާއި އެއްގޮތަށް ކުރިޔަށް ދާނެ ކަމުގައެވެ.

ބްރިޖިޓް މެކްރޯން އަކީ އަސްލު ފިރިހެނެއް ކަމަށް މިފަހަރު ބުނެފައިވަނީ އެމެރިކާއަށް ނިސްބަތްވާ މީޑިޔާ ކުންފުންޏެއް ކަމަށްވާ ”ޑެއިލީ ވަޔަރ“ ގައި ކޮމެންޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނެއް ކަމަށްވާ އޮވެންސް އެވެ. އޭނާގެ އެތައް މިލިއަން ސޯޝަލް މީޑިއާ ފޮލޮވަރުން ތިބޭ ކަމަށްވެއެވެ. 2024 ވަނަ އަހަރު އޭނާ ބުނެފައިވާ ގޮތުގައި ބްރިޖިޓް މެކްރޯން އަކީ އަސްލު ފިރިހެނެއް ކަން ސާބިތު ކޮށްދޭން، ޕްރޮފެޝަންގައި އޭނާއަށް ލިބިފައިވާ ހުރިހާ މަޝްހޫރުކަމެއް ދޫކޮށްލައިގެންވެސް އެކަންކުރަން އޭނާ ހުރީ ތައްޔާރަށެވެ.

މިތުހުމަތުތައް ފުރަތަމަ ފެންމަތި ވެފައިވަނީ 2021 ވަނަ އަހަރު ފަރަންސޭސި ދެ ބްލޮގަރެއްގެ އޮންލައިން ސްޕޭސް ގައެވެ. އޭރު މެކްރޯން އާއި ބްރިޖިޓް ކޯޓަށް މައްސަލަ ހުށަހަޅުއްވައިގެން މައްސަލަ ވަނީ އެބޭފުޅުން ނާއި އެއްކޮޅަށް ކާމިޔާބް ކުރައްވާފައެވެ. ނަމަވެސް 2025 ވަނަ އަހަރު، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން މައްސަލަ ވަނީ އަނބުރާލާފައެވެ. އެމައްސަލަވެސް އަލުން އިސްތިއުނާފަށް ހުށަހެޅުއްވުމާއިއެކު ޖުލައިމަހުވަނީ މިސް އޮވެންސް އާދެކޮޅަށްވެސް މައްސަލަ ހުށަހަޅުއްވާފައެވެ.

އެމެރިކާގައި ނިޒާމް އޮންނަ ގޮތުން،ހުށަހެޅުނީ އަބުރު ކަތިލުމުގެ މައްސަލަ އެއްނަމަ، މައްސަލަ އަކީ ދޮގުގެ މައްޗަށް ބިނާވާ މައްސަލަ އެއްކަމާއި އެކަމުން އަބުރަށް ލިބޭ ގެއްލުން،މައްސަލަ ހުހެޅި ފަރާތުން ސާބިތު ކޮށްދޭން ޖެހޭނެއެވެ.

އޮގަސްޓް މަހު ފަރަންސޭސި މަޖައްލާއަކަށް ދެއްވި އިންޓަވިއު އެއްގައި މެކްރޯން ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އަމިއްލަ އިއްޒަތާ އަބުރުގެ ހިމާޔަތުގައި ކަމަށެވެ. އެހެނީ ކުރެވޭ ތުހުމަތު ތަތަކީ ހުސް ”ނޮންސަންސް“ ނުވަތަ ތާކުން ތާކުނުޖެހޭ، ހަގީގަތެއްނެތް ތުހުމަތެއް ކަމަށް ވިދާޅުވިއެވެ.އަދި އެއީ ސިޔާސީ ގޮތުން އޭނާއަށް ގެއްލުން ދޭން ބަޔަކު ކުރި ކަމެއް ކަމަށްވެސް މެކްރޯން ވިދާޅުވިއެވެ.

އޮވެންސް ކުރިން ބުނެފައިވަނީ އޭނަކުރާ ތުހުމަތު އެއީ ހަގީގަތެއް ކަމަށް އޭނަގަބޫލު ކުރާ ކަމަށެވެ. އަދި މިނިވަންކަމާއެކު ޚިޔާލު ފާޅު ކުރުމާއި ފާޑު ކިއުމަކީ އެމެރިކާގައި ހުއްދަ ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ތަރުޖަމާ : ބީބީސީ ޚަބަރު                  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް