މިއަދު ހެނދުނުގެ ވަގުތެއްގައި ބާސެލޯ ނަސަންދުރާގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި، ރޯވެފައިވަނީ އެތަނުގެ ބިއްދޮށު ފަޅީގައި ބަހައްޓާފައި ހުރި ކުނިތަކެއްގައެވެ.
މިހާދިސާަގައި އެއްވެސް މީހަކަށް އަނިޔާވީކަމުގެ މަޢުލޫމާތެއް މިހާތަނަށް އަދި ލިބިފައެއް ނުވެއެވެ.
ކުރިން ނަސަންދުރަ ޕެލަސް ހޮޓެލްގެ ނަމުގައި ހިންގި އިމާރާތް ހުރި ބިމުގައި މިހާރު ހުޅުވާފައިވާ ބާސެލޯ ނަސަންދުރައަކީ 126 ކޮޓަރިއާއި 118 ސަރވިސް އެޕާޓްމަންޓް ހިމެނޭ، 5 ތަރީގެ ލަގްޜަރީ ހޮޓަލެކެވެ.
މި ހޮޓާ އަލުން އިމާރާތްކޮށް، ބާސެލޯ ނަސަންދުރައިގެ ނަމުގައި ރަސްމީކޮށް ހުޅުވާފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ.