މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އުޅަނދުތައް ޓޯ ކުރަނީ

Loading

September 18, 2025
profile
Facebook
Twitter
WhatsApp

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި އުޅަނދުތައް ފުލުހުން ޓޯ ކުރަން ފަށައިފިއެވެ. 

 ޓޯ ކުރަމުންދަނީ އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ހުރި އުޅަނދުތަކާއި ކަފިހިހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިއީ، މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމާއެކު މިފަދަ ގޮތްގޮތަށް އުޅަނދުތައް ޕާކުނުކުރުމަށާއި އަދި، ޕާކުކުރުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކުކުރުމަށް ސަމާލުކަންދިނުމަށް ފުލުހުން ވަނީ އުޅަނދުތައް ދުއްވާ ފަރާތްތަކަށް ހަނދާންކޮށްދީފައެވެ.

ފުލުހުން ދަނީ ދޭތެރެދޭތެރޭން، މިފަދަ ގޮތްގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގައި، މަގުތައް ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިގޮތުން، މީގެ ކުރިން ފުލުހުން ބުނެފައިވަނީ، އެގޮތަށް ޓޯކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށާއި، އަދި އެފަދައިން ޕާކުކޮށްފައި ބަހައްޓާ އުޅަނދުތައް ދުއްވި މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް