މީޑިއާ ބިލު ތަޞްދީޤު ނުކުރެއްވުން އެދި އެމްއެމްސީން ރައީސަށް ސިޓީއެއް

Loading

September 18, 2025
profile
Facebook
Twitter
WhatsApp

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ތަޞްދީޤު ނުކުރެއްވުން އެދި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ.

މި ކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެމްއެމްސީން ބުނީ، ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މަޖިލީހުން ބިލު ފާސްކުރުމުން ކަންބޮޑުވާ ކަމަށެވެ.

ރައީސަށް ސިޓީ ފޮނުވީ އެ ބިލަކީ މި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމެއް ނެތި ފާސްކޮށްފައިވާ ބިލެއް ކަމަށް ދެކޭތީ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައި ގިނަ ބައެއްގެ ބައިވެރިވުމާއެކު ބިލު ދިރާސާކުރަން އެދުނުނަމަވެސް ބިލު ފާސްކުރީ މަރުހަލާތައް އެންމެ އެދޭގޮތަށް ފުރިހަމަނުކޮށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން، ފަހަށް ފުންކޮށް ވިސްނައި ރަނގަޅަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލިގެން ދިއުމަކީ އެތައް މައްސަލަތަކެއް އަލަށް ފެންމަތިވެގެން އަންނާނެ ކަމެއް ކަމަށާއި، ބިލު ގާނޫނަކަށް ވެއްޖެނަމަ މީޑިއާ ރެގިއުލޭޓްވުމުގެ ބަދަލުގައި ކޮންޓްރޯލުކުރެވިގެންދާނެ ކަމަށް ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ނޫސްވެރިންގެ އިހުތިޖާޖުތަކާއި މުޒާހަރާތަކާ ގުޅިގެން ބިލު ފާސްކޮށްފައިވަނީ އެންމެ ފުރަތަމަ ހުށަހެޅި ގޮތް ބަދަލުކޮށް، ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރި ބައެއް މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށްފަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް