ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުކުރަން ހޯދަން އިއުލާނުކޮށްފި

Loading

Facebook
Twitter
WhatsApp

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހާޒިރުކުރަން އޭނާ ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުޙައްމަދު ރައްބީ (32އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ.

އެގޮތުން އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް ވަނީ އާންމުކޮށް އަންގާ އިއުލާނުކޮށްފައެވެ.

އެހެންކަމުން ފުލުހުން ވަނީ ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް 2025 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 14:00 އަށް އޭނާ މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ.

Loading

One Response

  1. ވަރަށް ދެރަ ކަންކަން. ޖިނާއީ ކުށެއްގައި ބިދޭސީއަކު ހޯދާއިރު މި މީހާ އެތެރެކުރި މީހާ ކޮބައިބާ؟ ވެރިމީހާއަށް ފިލައިގެން އުޅޭނަމަ ވެރިމީހާ އެކަން ފުލުހުންނަށް އެންގިބާ؟ ފިލިނަމަ އެ މީހާ ފިލީ ކީއްވެބާ؟ މިހެން ހޯދަން ޖަހާއިރު އެތެރެކުރި މީހާ ނުވަތަ ކުންފުނީގެ ނަން އޮންނަންވާނެ ކަމަށް ދެކެން. ބިދޭސީއަކު އުޅޭ ވަކި ތަނެއް ނޭނގޭ ކަމަށް ބުނީމަ ކަމާބެހޭ މުއައްސަސާތައް ދެން ވަރަށް ކާޓޫނު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް