ސިވިލް ސަރވަންޓުން މޫނުބުރުގާ އެޅުން ހުއްދަކޮށްފި

Loading

September 15, 2025
profile
Facebook
Twitter
WhatsApp

ސިވިލް ސަރވަންޓުންނަށް މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުކުމެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފިއެވެ.

ސިވިލް ސަރވިސް ގަވައިދުގެ 145ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސަރވިސް މުވައްޒަފުން ތިބެންވާ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

އެގޮތުން، ޚިދުމަތް ދިނުމުގައި މުވައްޒަފުން ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށާއި، އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން އެ ގަވައިދުގައި ބަޔާންކޮށްފައި އޮތީ، ސިވިލް ސަރވިސްގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރުކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ޚިދުމަތަކަށް ވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުޢާމަލާތުކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭގޮތަށް ކަމަށެވެ.

އެހެންކަމާއެކު، އޭރުގެ ގަވައިދުގައި އޮންނަގޮތުން، މޫނުބުރުގާ އަޅާ އަންހެނުންނަށް ވަޒީފާއަށް ނުކުތުމަށް އޮތީ ހުރަސްއެޅިފައެވެ.

ހަމަ އެފަދައިން، ޝަރުއީ ދާއިރާގަެ މުވައްޒަފުންނަށްވެސް މޫނުބުރުގާ އެޅުން ދާދި ފަހުން ވަނީ ހުއްދަކޮށްފައެވެ.

ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގައި، އެ މީހާއަކީ ކާކުކަން ކަށަވަރުކުރަން ޖެހިއްޖެނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަންވާނެ ކަމަށް، ޝަރުޢީ ދާއިރާގެ މުވައްޒަފުން މޫނުބުރުގާ އެޅުމުގެ ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް