ރޭ ދަންވަރު ފުށިދިއްގަރު ފަރަށް އުރުނު ލޯންޗަކުން ދަތުރުކުރި މީހުން ސަލާމަތްކޮށްފި ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން ބުނީ، 8 މީހުންނާއެކު ދަތުރުކުރި މި ލޯންޗު ފަރަށް އުރިފައިވަނީ ރޭ ދަންވަރު 12.45ހާއިރު ކަމަށެވެ.
މި ލޯންޗުން ދަތުރުކުރި އެންމެންވެސް ސަލާމަތްތެރިކަމާއެކު މާލެގެނެވިފައި ވާކަމަށާއި، ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާކަމަށް ފުލުހުން ބުނެއެވެ.
އުރުނު ލޯންޗުގެ ވެރިފަރާތުން ލޯންޗު ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
![]()
