ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަނީ

Loading

September 14, 2025
profile
Facebook
Twitter
WhatsApp

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ދޫކުރާ ލުއިލޯނަށް އެދުމުގެ ފުރުސަތު ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ކްރިއޭޓަރުންނަށް ޚާއްޞަކޮށްގެން މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއް ކަމަށާއި، މިކަމާ ގުޅިގެން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، މި ލޯނު ސްކީމްގެ މަގުސަދަކީ، ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. 

މި ލޯން ސްކީމް ފަރުމާކުރުމަށް ނިންމަވާފައިވަނީ މީޑިއާ، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، މުނިފޫހިފިލުވުމުގެ ދާއިރާ، އަދި ސޭލްސް އެންޑް މާކެޓިންގ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް