ޖަޕާނުގައި 100 އަހަރުން މަތީގެ ގާތްގަނޑަކަށް 100،000 މީހުން މިހާރު އެބަތިބި

Loading

September 14, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އުމުރުން ދުވަސްވީ މީހުންގެ އައު ރިކޯޑެއް ޖަޕާނުގައި އަނެއްކާވެސް ގާއިމް ކުރެވި،ސަތޭކަ އަހަރުންމަތީގެ މީހުންގެ އަދަދު މީގެ ކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް ޚަބަރުލިބެއެވެ.

   

ސަރުކާރުން ހުކުރު ދުވަހު އާންމު ކުރި މައުލޫމާތުތައް ބުނާ ގޮތުން ސަތޭކައަހަރަށް ވުރެ އުމުރުން ދުވަސްވީ މީހުންގެ އަދަދު ވަނީ 99،763 އަށް އަރާފައެވެ. މީގެ ތެރެއިން 88 އިންސައްތަ އަކީ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ޖަޕާނުގައި ސަތޭކަ އަހަރަށް ވުރެ އުމުން ދުވަސްވީ މީހުންގެ އަދަދު ޖެހިޖެހިގެން އަހަރެއް އަހަރަކަށް ވުރެ އިތުރު ވަމުންދާތާ މިއީ 55 ވަނަ އަހަރެވެ.ޖަޕާނުގައި މިވަގުތު ހުރި އެންމެ އުމުރުން ދުވަސްވީ އަންހެންމީހާގެ އުމުރަކީ 114 އަހަރެވެ.އަދި އެންމެ ދުވަސްވީ ފިރިހެންމީހާގެ އުމުރަކީ 111އަހަރެވެ.

ހެލްތު މިނިސްޓަރ ޓަކަމާރޯ ފުކޯކާ ވަނީ 100އަހަރަށް ވުރެ އުމުރު މައްޗަށް ގޮސްފައިވާ 87،784 އަންހެނުންނަށާ 11،979 ފިރިހެނުންނަށް މަރުހަބާ ވިދާޅުވެ ޖަޕާންގެ ތަރައްގީއަށާ ކުރިއެރުމަށް އެމީހުން ކޮށްދީފައިވާ ތަފާތު ޚިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

އުމުރުން ދުވަސްވީ މީހުންގެ އަދަދުތައް ޖަޕާން ސަރުކާރުން ހާމަ ކޮށްފައި މިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހު އެގައުމުގައި ފާހަގަ ކުރާ ”އެލްޑަރލީ ޑޭ“ ނުވަތަ އުމުރުން ދުވަސްވީ މީހުންގެ ދުވަހަށް ވަމުންދާ ތައްޔާރީ ތަކުގެ ތެރޭންނެވެ.

އަލަށް ސަތޭކަ އަހަރު ފުރޭ މީހުންނަށް އެދުވަހު ބޮޑުވަޒީރުގެ އަތުން ރިހި ތައްޓަކާއި އަދި މަރުހަބާގެ ޚާއްސަ ސިޓީ އެއް ދެވޭނެއެވެ. މިއަހަރު 52،310 މީހުންނަށް އަލަށް 100 އަހަރު ފުރޭ ކަމަށް ވެއެވެ.

ފަސްދޮޅަހުގެ އަހަރު ތަކުގައި ޖީ-ސެވަން ހުރިހާ ގައުމެއްގެ ތެރޭންވެސް އާބާދީގެ ނިސްބަތުން ސަތޭއަހަރުން މައްޗަށް އުމުރު ގޮސްފައިވާ މީހުން އެންމެ މަދީ ޖަޕާނުގައެވެ. ނަމަވެސް ފާއިތުވި ފަންސާހަކަށް އަހަރުގެތެރޭގައި މިކަން ވަނީ ވަރަށް ބޮޑަށް ބަދަލު ވެގެން ގޮސްފައެވެ.

ސަތޭކަ އަހަރު ފުރިފައިވާ މީހުންގެ ސަރވޭއެއް 1963 ވަނަ އަހަރު ސަރުކާރުން ފުރަތަމަ ހެދިއިރު ތިބީ 153 މީހުން ކަމަށް ވެއެވެ. ނަމަވެސް މިއަދަދުވަނީ 1981 ވަނަ އަހަރު 1،000 އަށް އަދި 1998 ވަނައަހަރު 10،000 އަށް އަރާފައެވެ.

ޖަޕާނުގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރު ވަމުން ދަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ އަދަދު މަދުވެފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.މިގޮތުން ހިތުގެ ބައްޔާއި އަދި އުރަމަތީގެ ކެންސަރާއި ޕްރޮސްޓްރޭޓް ކެންސަރ ޖެހިގެން މަރުވާ މީހުންގެ އަދަދު ޖަޕާނުގައި ވަނީ ވަރަށް ބޮޑަށް މަދު ކުރެވިފައި ކަމަށް ވެއެވެ.  

ޖަޕާނުގައި އެކަށީގެންވާވަރަށް ވުރެ ފަލަކޮށް ތިބޭ މީހުންވެސް ނުތިބެއެވެ. މިއީވެސް ބަލިތައް މަދުވެ ފުރިހަމަ ސިއްހަތެއްގައި ތިބުމަށް މަގުފަހިވާ އެއްސަބަބެވެ.ޖަޕާން މީހުން ފަލަވެގެން ނުދަނީ އެމީހުންގެ ކެއުން ބަހައްޓާގޮތަށް ފަރުވާތެރި ވާތީއެވެ. މިގޮތުން ރަތްކޮށް ހުންނަ އެއްގަމު މަސް މަދުކޮށް، ފަރުމަހާ ތަރުކާރީ ގިނައިން ކެއުމަށް އެމީހުން އިސްކަން ދެއެވެ.

ޖަޕާނުން ފަލަ އަންހެނުން ނުފެނުންވެސް މީ، އަންހެނުންގެ އުމުރު ދިގުވާ އެއްސަބަބު ކަމަށް ވަނީ ބެލިފައެވެ.

އާންމުންނަށް ކޮންމެހެން އަންގަންޖެހޭ ޕަބްލިކް ހެލްތު އެންގުންތައް މެސެޖް ގެ ޒަރީއާއިން އެންގުމަށް ބޭނުންކުރާ ކާމިޔާބު ނިޒާމެއް ޖަޕާނުގައި އޮންނަ އިރު، އެހެން ގައުމުތަކުގައި ހަކުރާއި ލޮނު ބޭނުން ކުރުން އިތުރު ކުރަމުން ދިޔަނަމަވެސް ޖަޕާނުގައިވަނީ ހަކުރު އަދި ލޮނު ބޭނުން ކުރުމާ ދުރަށް އާންމުން ގެންގޮސްފައެވެ.

ފައިދާހުރި ގޮތްގޮތަށް ކެއުން ގެންގުޅުމުގެ އިތުރުން ޖަޕާން މީހުންނަކީ، ޚާއްސަކޮން އުމުރުގެ ފަހު ކޮޅަށް ދިއުމުން ހަރަކާތް ތެރި އަދި ހިނގުމަށާ ކަސްރަތު ކުރުމަށް ލޯބިކުރާ ބައެކެވެ. މިއީވެސް ބަލިތަކާ ދުރުވެ، އުމުރު ދިގުވާ އެއްސަބަބެވެ.             

Loading

Leave a Reply

ފަހުގެ އަޕްޑޭޓް