ތިލަފުށީގައި ހިނގި އެކްސިޑެންޓުގައި ލޮރީ ދުއްވަން އިން ޑުރައިވަރު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފިއެވެ.
އެކްސްކަވޭޓަރެއްގެ ކައިރީގައި މަސައްކަތްކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހުނު މައްސަލައިގައި ބުރާސްފަތި ދުވަހު ހައްޔަރުކުރީ، އެ އުޅަނދު ދުއްވަން އިން 28 އަހަރުގެ އިންޑިއާ ފިރިހެންމީހާއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުގައި ލޮރީން ޖެހުނު މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައި ވަނިކޮށް ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތުގައެވެ.
އޭނާ ދޫކޮށްލީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް ހެތްކެއް ހުށަހަޅާފައި ނުވާތީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށް، ބަންދުން ދޫކޮށްލުމުގެ އަމުރުގަައިވެއެވެ.
އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސްރީލަންކާގެ ފިރިހެންމީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.
![]()
