ގަވައިދާ ޚިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ބިދޭސީއަކު ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ ސައްދާމު ހުސެއިން (32އ) ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، 12 ސެޕްޓެންބަރުވީ ހުކުރު ދުވަހު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ކަންނެލި ޖެޓީ ކައިރިން، އޭނާގެ ޢަމަލުތައް ހުރި ގޮތުން ޝައްކުވެގެން ބަލައިފާސްކުރި ކަމަށެވެ.
މިގޮތުން ބަލައިފާސްކުރިއިރު، އޭނާ އަތުން 53،000ށްވުރެ ގިނަ ރުފިޔާއާއި ގިނަ އަދަދެއްގެ ސިނގރޭޓު ފޮއްޓާއި ސިނގިރޭޓު ހެދުމަށް ބޭނުންކުރާ ސާމާނު ފެނުނު ކަމަށެވެ.
މި މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާއިރު، ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ހުއްދަ ނެތި ރާއްޖޭގައި ކުރުމަކީ މަނާކަމެކެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއްވެސް ދަނީ އަޅަމުންނެވެ.
![]()
