ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާދެނީ

Loading

Facebook
Twitter
WhatsApp

ކ. ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރީ މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެ މީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މައްސަލައެއް މިއަދު މެންދުރު 2:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ އެކްސިޑެންޓުގައި އަނިޔާވީ ސްރީލަންކާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާދެމުން އަންނައިރު އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލައިގައި ލޮރީ ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދުއްވި ލޮރީ ވަނީ ޓޯކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވިގްނެޝް އަނަދުރާއީ 28އ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް