ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ދެން ޖަހައިދޭނީ އެމްކިޔުއޭއިން

Loading

September 11, 2025
profile
Facebook
Twitter
WhatsApp
އެމްކިޔުއޭގެ ސީއީއޯ/ މަރިޔަމް ފިޒާނާ ރަޝީދު

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ދެން ޖަހައިދޭނީ އެ އޮތޯރިޓީން ކަމަށް އެމްއިޔުއޭއިން ބުނެފިއެވެ.

މިގޮތަށް އުސޫލު ބަދަލުކޮށްފައި މި ވަނީ ޞައްޙަ ނޫން ސެޓުފިކެޓުތަކުގެ މައްސަލަތައް ފެންމަތިމަވުންދާ މިންވަރު އިތުރުވަމުންދާން ފެށުމުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ރ)އަށް ރިޢާޔަތްކޮށް އެ އެތޯރިޓީން މިފަދަ އުސޫލެއް އެކުލަވާލިއިރު، އެ ގާނޫނުގެ އެ މާއްދާއަށް ރިޢާޔަތްކޮށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ޢަމަލުކުރާނެ ގަވައިދެއް ދިވެހިރާއްޖޭގެ ބާ ކޮމިޝަނުން ހަދައި، ގެޒެޓްކޮށްފައިވެއެވެ.

އެ ގަވައިދުގައި ބުނެފައިވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދިވެހިރާއްޖޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށް ކަމަށެވެ.

އެެމްކިޔުއޭއިން މިއަދު ގެޒެޓުކުރި އުސޫލުގެ މައިގަނޑު މަގުސަދުތައް ކަމަށް ބުނެފައިވަނީ:

* އެމްކިޔުއޭއިން ދޫކޮށްފައިވާ އެކިއެކި ލިޔެކިޔުންތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، އެކަމާ ގުޅޭ އިޖުރާތުތައް އެކުލަވައިލުން

* އެ އޮތޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ އެހެން ފަރާތްތަކަށް ހުށަހެޅުމުގައި، އެ ލިޔެކިޔުންތަކުގެ ޞައްޙަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން

މިގޮތުން ތައްގަނޑު ޖަހައިދޭނީ:

* ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީގައި

* ސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީގައި

* ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީގައި

* ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީގައި

އަދި

* އެމްކިޔުއޭއިން ދޫކުރާ އެހެނިހެން ލިޔުންތަކުގެ ކޮޕީގައެވެ.

ލިޔުމެއްގެ ނަކަލަކީ އަސްލާ އެއްގޮތްކަމުގެ ލިޔުމެއް ކަމުގައި ބަލައިގަނެވޭނެ ކަންތައްތައް ވެސް އެ އުސޫލުގައި ކަނޑައަޅާފައިވެއެވެ. އެއީ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ މުވައްޒަފުގެ ފުރިހަމަ ނަމާއި، ސޮޔާއި، ރެކޯޑު ކާޑު ނަންބަރާއި، ތައްގަނޑުޖަހާ ތާރީޚެވެ. 

މީގެ އިތުރުން، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ ލިޔުމުގެ މަތީގައި ”އަސްލާ އެއްގޮތް ކޮޕީ“ ނުވަތަ ”ATTESTATION““ ލިޔެއި އޮންނަންޖެހެއެވެ.

އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް އެ އޮތޯރިޓީއަށް ހުށަހަޅާއިރު، އެކަމަށް އެދޭ ފޯމާއި އައިޑީކާޑުގެ ދެ ފުށުގެ ކޮޕީ ހުށަހެޅުމުން، ރަސްމީ ތިން ދުވަހުގެ ތެރޭގައި ތައްގަނޑު ޖަހައިދޭނެ ކަމަށްވެސް އެމްކިޔުއޭއިން ބުނެއެވެ.

އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭ ލިޔެކިޔުންތަކަށް ނަގާނެ ފީ:

* ވެލިޑޭޓްކޮށްދޭ ސަނަދުގެ ކޮޕީ (ކޮންމެ ސަފުހާއަކަށް 10 ރުފިޔާ)

* އެސެސްމެންޓް ރިޕޯޓުގެ ކޮޕީ (ކޮންމެ ސަފުހާއަކަށް 10 ރުފިޔާ)

* އިންޓެންޑެޑް ލެޓަރގެ ކޮޕީ (ކޮންމެ ސަފުހާއަކަށް 10 ރުފިޔާ)

* ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ (ކޮންމެ ސަފުހާއަކަށް 20 ރުފިޔާ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް