އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކުރަނީ

Loading

September 10, 2025
profile
Facebook
Twitter
WhatsApp

ކެއިންބުއިމުގައި އާންމުކޮށް ބޭނުންކުރާ ތަކެތީގެ ބައެއް ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ.

މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިގޮތުން، އެސްޓީއޯއިން ގަނޑުކޮށް އެތެރެކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކާޑުގެ ބާވަތްތަކާއި، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި، 10 ބާވަތުގެ ތަރުކާރީއާއި، މުގާއި، ބިހާއި އަދި އަލުތްވެވެ.

ފަހަކަށްއައިސް ރާއްޖޭގައި ދަނީ އާދަޔާ ޚިލާފަށް ތަކެތީގެ އަގު އުފުލެމުންނެވެ. މިގޮތަށް ތަކެތީގެ އަގު އުފުލެން ފެށުމާއެކު އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ދަނީ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ މަގު ފަހިކޮށްދެއްވަމުންނެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް