މަސްތުވާތަކެތީގެ މައްސަލާގައި ލަންދޫން ތިން މީހަކު ހައްޔަރުކޮށްފި

Loading

September 10, 2025
profile
Facebook
Twitter
WhatsApp
Oplus_16908288

މަސްތުވާތަކެތީގެ މައްސަލާގައި ނ. ލަންދޫން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 6ވަނަ ދުވަހާއި 8ވަނަ ދުވަހު ލަންދޫ ފުލުހުންގެ މަރުކަޒުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ، މި މަހުގެ 6ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ، މާލޭން ނ އަތޮޅަށް ދަތުރުކުރަމުންދިޔަ ފެރީއަކުން ލަންދުއަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި، ލަންދޫ ބަނދަރުމަތިން ސ. ހިތަދޫ / ގާފިލާ، އަޙުމަދު އަބާން ޢަލީ (20އ) ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އަދި އެ ތަކެތި ބޭނުންކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 8ވަނަ ދުވަހު ލަންދޫ ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ.

މި އޮޕަރޭޝަނުގައި، އެ ރަށުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ، ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ / މޫންލައިޓް، އިމްރާން ޢަލީ (30އ)ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް