އިޒްރޭލުން ދޯހާއަށް ދިން ހަމަލާ ކުށްވެރިކުރައްވައި އެ ހަަމަލާއަށް ފިޔަވަޅު އަޅަން ރައީސް ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ަހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އިޒްރޭލުގެ ހަމަލާ ކުށްވެރިކުރައްވައި، ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް’ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އިޒްރޭލުގެ މި ޢަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަޠަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއް ކަމަށެވެ.

ހަމަ މިއާއެކު، ދިވެހިރާއްޖެ ދެމިއޮތީ ޤަޠަރާ އެކުގައި ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ޤަވައިދުތަކާ ޚިލާފަށް، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ގޮވާލައްވާފައެވެ.

އަދި ގުޅިފައިވާ ރޫޙެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް