ޣައްޒާ ހަގުރާމަ ނިންމުމާއި ބެހޭގޮތުން މަޝްވާކުރަން ކަމަށް ބުނެ ހަމާސްގެ ލީޑަރުން ދޯހާއަށް ގެންގޮސް އުޅުނީ މަރަން ކަމުގައި މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ނެގޯޝިއޭޓިންގ ޓީމް ތައް ޤަތަރުގެ ވެރިރަށް ދޯހާޔަށް ގެންދިއުމަށްފަހު އިޒްރޭލުން ވަނީ ހަމާސްގެ އޮފިޝަލުން ނަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީފައެވެ. މި ހަމަލާއަށްފަހު، އޮކްޓޯބަރު 7ގެ މެސަކާ ނުވަތަ ގަތުލުއާމަށް ޒިންމާވާ ފަރާތްތަކަށް، ވަރަށް އަމާޒު ހަމަލާތަކެއް ދީފައިވާނެ ކަމަށް އިޒްރޭލުގެ ދިފާއީ ބާރު އައިޑީއެފުން އެއްބަސްވެފައިވެއެވެ. އަދި މިހަމަލާތައް ދިނުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އެކަމުގެ މައުލޫމާތު އެރުވި، ޓްރަމް އެކަމަށް ހުއްދަ ދެއްވި ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ހަމަލާގައި ގެއްލުންވިކަމަށްވާ، ޤަތަރުގެ ވެރިރަށް ދޯހާގައިވާ އިމާރާތެއްގެ ފޮޓޯތައްވަނީ އާންމުވެފައެވެ. ނަމަވެސް ހަމާސްގެ އޮފިޝަލަކަށް އަދި މިފަހަރު ގެއްލުމެއް ލިބިފައި ނުވާކަމަށް ވެއެވެ.
އިޒްރޭލާ ހަމާސްއާއި ދެމެދު މެދުވެރިއެއްގެ ބައި ކުޅެމުން އަންނަ ޤަތަރުން ވަނީ އަންގާރަދުވަހުގެ ހަމަލާ ހަރުކަށިއިބާރާތުން ކުށްވެރި ކޮށްފައެވެ.އަދި މިއީ ”ސޮވްރިން“ ގަމުކަކަށް އިސްވެ އަރައިގަތުން ކަމަށާ މިއީ ބައިނަލްއަޤްވާމީ ގާނޫނުތަކާވެސް ޚިލާފް އަމަލެއް ކަމަށް ޤަތަރުން ބުނެފައި ވެއެވެ.
މަޝްވަރާތަކުގައި ބައިވެރިވާ ޓީމް ތަކަށް އަމާޒުކޮށް މިގޮތަށް ހަމަލާ ދިނުމަކީ މުސްތަގްބަލުގެ ވާހަކަތަކަށް ވެސް އެޅުނު ވަރުގަދަ ހިޔަންޏެއް ކަމަށް ސަލާމަތާ ބެހޭ އިސްފަރާތްތަކުން ބުނެއެވެ.
ހަމާސްއާއި އިޒްރޭލާ ދެމެދު ޖުލައިމަހުގެ ފަހުން އެއްވެސް މަޝްވަރާއެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.
މިއަދުގެ ހަމަލާ ތަކަށް ޓްރަމްޕް ހަގީގަތުގައިވެސް ފެހިސިގްނަލް ދެއްވިނަމަ އޭގެ މާނަޔަކީ ޑީލްތައް ހެދުމަށް ޓްރަމްޕް ގެންގުޅުއްވާ އުކުޅުތައް ފެއިލްވެފައިވާ ކަމެވެ.
![]()

One Response
އެމެރިކާގެ ސަރުކާރު ތަކަކީ ދުނިޔެއަށް ދިމާވެފައިވާ ބޮޑު ބިރުވެރި ކަމެކެވެ. ޓެރަރިސްޓުން ހާއްޔެކެވެ.