ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސް މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ.
“ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ, ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް. މިގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވިން“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ވަޢުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއި ކުރި ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން، އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ.
އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ބ. އަތޮޅުގައި އޮތް ބަޔޯސްފެއަރ ރިޒަރވް ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެމަނިކުފާނަށް ހުށައެޅުމާއި ގުޅިގެންނެވެ.
2 Responses
ދޮގު މިހާރު ވެފައި މިވަނީ ކޮންމެ ދުވަހެއްގެ ލައިގެން ކާއެއްޗަކަށެވެ. މީހަކު ދޮގު ހަދައިގެން ދުނިޔޭގައިވެސް ލިބޭ އެއްޗެއް އޮތިއްޔާ މީނަ އަށް ލިބޭނެއެވެ. ކައްޒާބުގެ ކާފަ!
އަޅުގަނޑު ހިތައް އަަރަނީ މި ރައީސްއަށް ލަފާ އަރުވަނީ ކާކުބާވައެވެ. އަދި ރައީސްއަށް އެނގިގެންބާވައޭ މިފަދަ ކަންކަން ކުރުމަށް ނިންމަނީ؟ އަހެންކަމަށް ވާނަމަ މިވަރަށް އުނބައްޖަހަން އެޖެހެނީ ކީއްވެގެން ތޯއެވެ.؟