އަތޮޅުތައް އުވާލަނީކަމަށް ބުނެ ދައްކާ ވާހަކަ ވަޒީރު ދޮގުކުރައްވައިފި

Loading

September 9, 2025
profile
Facebook
Twitter
WhatsApp
Oplus_16908288

ރާއްޖޭގެ އަތޮޅުތައް އުވާލަނީކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ދޮގުކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ފެށިގެންއައިއިރު ޕްރޮވިންސްތައް ހެދުމުގެ ނަތީޖާއަކަށްވީ ނިޒާމުގެ ތެރެެއަށް ލޭޔަރެއް އިތުރުވެ، އެކި ކަންކަމުގައި މާލެއަށް ބަރޯސާވުން ބޮޑުވުން ކަމަށެވެ.

އެހެންކަމާއެކު، ކޮންމެ ރަށަކުން އެރަށެއްގެ ތަރައްޤީއަށް އިންތިޚާބުކުރާ ކައުންސިލަރުން އަތޮޅު ކައުންސިލުގައި ހިމެނުމަކީ އެ ކައުންސިލަރުންގެ ޒިންމާ އިތުރުވާ ކަމެއް ކަމަށާއި، އެއީ ގާނޫނާވެސް ފުށުއަރާ ކަމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަމެއް ފިޔަވައި ކުރަން މާބޮޑު ކަމެއް ނޯންނަ ކަމަށާއި، އެހެންކަމުން ސަރުކާރުން ބޭނުންވަނީ މިހާރު އަތޮޅު ކައުންސިލް އޮންނަ ގޮތް ބަދަލުކުރުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އަތޮޅު ކައުންސިލްތައް މިހާރު އޮތް ގޮތް ބަދަލުކުރައްވާނެ ވާހަކަ ކަމަށާއި، ނަމަވެސް ކޮންމެ އަތޮޅެއްގައިވެސް އިދާރީގޮތުން ކުރެވޭ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި އިންތިޒާމުކޮށްގެން ހިނގާނެ ގޮތްތަކެއް ރޭވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ޢިލްމީ، ޤާބިލު ބޭފުޅުން އަތޮޅުތަކުގެ އިދާރީ މަސައްކަތް ކުރުމުގައި ތިއްބަވަންޖެހޭކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން ވަޒީރު ވިދާޅުވީ، އެފަދަ ބޭފުޅުން އައްޔަން ކުރަންވާނީ ސިވިލް ސަރވިސްގެ ތެރެއިން ކަމަށެވެ.

އަދި އެ ބޭފުޅަކު ނެރުއްވާ ނަތީޖާއަށް ބަލައި، ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށްވެސް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް، ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ވިދާޅުވެފައެވެ.

Loading

One Response

  1. ކޮންވާހަކައެއްތޯ ދައްކަންއޮތީ މަނިކްފާނަށްް ކައުންސިލްތަކުން އެ ހިންގާ ޖަރީމާ ތަކެއް ވެސް ނުހުއްޓުވޭ! ކައުންސިލްތައް މުޅިން ދޯދިޔާވެ ބޮއްސުލާފަ ބޭކާރު ތަޖުރިބާތައް ކުރުމާއި،އިޖްތިމާޢީ ކަންކަމަށް ވުރެން އަމިއްލަ މަސްލަހަތު އޮންނަ ކަންކަން ކުރުން! ކައުންސިލްތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ކައުންސިލްތައް ޒިންމާދާރު ކޮށް ހަރުދަނާ ކުރަން އެބަޖެހޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް