5 މިލިއަން ގަސް މަޝްރޫޢަށް އެސްޓީއޯގެ އެހީތެރިކަން ހޯދަނީ

Loading

Facebook
Twitter
WhatsApp

މި ސަރުކާރުގެ ”5 މިލިއަން ގަސް“ ހެއްދުމުގެ މަޝްރޫޢު ކާމިޔާބުކުރުމަށް، އެ މަޝްރޫޢުގެ އިސްވެރިންނާއި، އެސް.ޓީ.އޯ ގެ އިސްވެރިންނާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެންވަަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ 5 މިލިއަން ގަސް ހެއްދުމުގެ ޤައުމީ މަޝްރޫޢު ފުޅާކުރުމަށްޓަކައި އެސް.ޓީ.އޯ ފަދަ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަނެ، އެކުގައި ކުރިއަށްދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުން ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި، ގަސް އިންދުމަށް ބޭނުންވާ ބާވަތްތައް ފޯރުކޮށްދިނުމާއި، އަދި އާންމުންގެ މެދުގައި ގަސް އިންދުމުގެ މުހިންމުކަން ހާމަކުރުމަށް ގުޅިގެން ކުރެވޭނެ ހަރަކާތްތަކާ ބެހޭގޮތުންވެސް ޚިޔާލު ބަދަލުކޮށްފައިވެއެވެ.

“އެސް.ޓީ.އޯ ފަދަ ބޮޑެތި ވިޔަފާރިތަކުން މިފަދަ ޤައުމީ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭނެ ވަރަށް ބޮޑު އެއްބާރުލުމެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.

”5 މިލިއަން ގަސް“ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ގަސްތައް އިންދުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

މި މަޝްރޫޢު ކާމިޔާބުކުރުމަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުން ވަރަށް މުހިންމުކަމަށް މަޝްރޫޢުގެ އިސްވެރިން ފާހަގަކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް