ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރެއްވި ޙުސައިން ފަހުމީއަށް ރައީސް އޮފީހުގެ ވަޒީރު ފެންވަރުގެ މަގާމެއް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާގޮތުގައި ފަހުމީ ހަމަޖެއްސެވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާވިދާޅުވެގެން ވަޑައިގެން އެ ކުންފުނީގެ އެކައުންޓިންގ ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވިއެވެ.
ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ 2023ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.
ފަހުމީ ވަނީ ސްޓެލްކޯގައި 27 އަހަރު ޚިދުމަތް ކުރައްފާވައެވެ.
![]()
