ދެކުނު ލުބުނާނުގައި އެކުވެރި ދައުލަތުގެ ފަރާތުން ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދަމަހައްޓާ، ޕީސްކީޕަރުން ތިބި ސަރަހައްދަކަށް އިޒްރޭލުގެ ޑްރޯންތަކުން ހަތަރު ބޮން ވައްޓާލާފައިވާކަމަށް އެކުވެރި ދައުލަތުގެ ޖަމިއްޔާ (އދ) އިން ބުނެފިއެވެ.
އދ. އިން ބުދަ ދުވަހު ބުނީ މިއީ، ހަމަލާތައް ހުއްޓާލުމަށް ނިމިދިޔަ އަހަރުގެ ނޮވެމްބަރުގައި ނިންމި ނިންމުމަށްފަހު ޚިދުމަތްތެރީން ނައްތާލުމަށްޓަކައި ދީފައިވާ އެންމެ ވަރުގަދަ އެއް ހަމަލާކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ލުބުނާނުގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯރސް އިން ލެބަނަން (ޔުނިފިލް) އިން އިޒްރޭލު ބޯޑަރުކައިރީގައި ހުންނަ އެފޯސްގެ ޕޯސްޓެއް ކައިރީގައި އޮންނަ މަގެއް ސާފުކުރަމުންގެންދަނިކޮށެވެ. ޔުނިފިލް އިންވަނީ މި ހަމަލާގައި ޕީސްކީޕަރުންގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.
ޔުނިފިލް އިން އިތުރަށް ބުނީ އިޒްރޭލުން ހަމަލާ ދީފައިވަނީ މަގުމަތީގެ މަސައްކަތް ކުރާނެ ވަގުތާއި، މަސައްކަތްކުރަމުންދާނެ ތަން އިޒްރޭލުގެ އަސްކަރިއްޔާއަށް ކުރިން އަންގާފައިވަނިކޮށް ކަމަށެވެ. އަދި މިއީ އިޒްރޭލާއި ހިޒްބުއްލާ އާއި އިޒްރޭލާއި ދެމެދު 14 މަސް ދުވަހު ހިނގި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށްފަހު އދ. ގެ މުވައްޒަފުންނާއި އެސެޓްތަކަށް ދީފައިވާ ”އެންމެ ސީރިއަސް އެއް ހަމަލާ“ ކަމަށެވެ.
![]()

One Response
އިޒުރޭލަށް ބޭނުން ގަޑިޔަކު ބޭނުން ތަނަކަށް ބޭނުންގޮތަކަށް ޙަމަލަ ދެވޭނެއެވެ. އެހެނީ އެބައިމީހުންނަކީ ދުނިޔާގައި ފަސާދަ އުފެއްދުމަށް އެމެރިކާއިން ގެންގުޅޭ ޕްރޮކްސީ އެކެވެ. ދައްޖާލުގެ ނަހަލާލު ދަރިއެވެ. ދެންތިބީން އެވަރު ނުދަންނަންޏާ އެމީހުންގެ ފައިފުހެދީގެން ދުނިޔޭގައި އުޅެން ޖެހޭނީއެވެ. މިއޮތީ އެދުވަސް އައިސްފައެވެ.